ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ އަޕްޑޭޓްސް
ބ.ގޮއިދޫގެ ގެއެއްގައި އަލިފާންރޯވެ އެގެ އެއްކޮށް އަނދައިފި

މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

ބ. ގޮއިދޫ ގެއެއް އިއްޔެ އަނދައި ހުލިވަނީ-.. އެމްއެމްއެސް ފޮޓޯ

09 މާޗް 2010
ބ. ގޮއިދޫގައި މީހުން ދިރިއުޅެމުންދިޔަ ގެއެއް އަލިފާން ރޯވެ އެގެ އެއްކޮށް އަނދައި ހުލިވެއްޖެއެވެ.

އިއްޔެ ހަވީރު ފަހެއްޖަހާ އެހާކަންހާއިރު ހިނގި މިހާދިސާގައި އަނދައި ހުލިވެގެން ގޮސްފައިވަނީ އެރަށު "ގޯލްޑަންފްލާވަރ" ނަމަކަށްކިޔާ ގެއެކެވެ.

ގޮއިދޫ އޮފީހުން ބުނީ މިއީ ފަނުން އަޅައި ޓިނުން ހިޔާކޮށްގެން ހަދާފައިވާ ގެއެއްކަމުން ގެއަނދައިގެން ދިއުމަށް ގަޑިއެއްހާއިރުވެސް ނުވާ ކަމަށެވެ.

ގޭގެ ވެރިފަރާތް ކަމުގައިވާ ހަބީބާ އިއްޔެ ހަވީރު ގެ އަނދަމުންދިޔަ ވަގުތު އީޓީއަށް ބުނީ ގޭގައި ރޯވާން ދިމާވީ އެ ގެ އާ އިންވެގެން ހުރިގެއެއްގައި ކުނިތަކެއް އަންދަން ރޯކުރި ހުޅުގަނޑުން އަލިފާން ކަންޏެއް ބުރައިގެން އައުމުގެ ސަބަބުންކަމަށް ބެލެވޭ ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވިނަމަވެސް ގޭގައި ހިފާގެންގުޅޭ ހުރިހާ އެއްޗަކާ އަންނައުނުތައް މުޅިން އަދާ ގޮސްފައިކަމަށް ގޮއިދޫ އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ މިހާދިސާގެ ސަބަބުން މަގުމަތިވި އާއިލާ އެމީހުން ތިމާގެ ގެއަކަށް ބަދަލުވެފައިވާކަމަށާ، ރަށުގެ އާންމުންވެސް އެމީހުންނަށް އެހީތައް ފޯރުކޮށްދެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ވާނެ ދަންނަވާފައި ކަމެއް ދަތިވަންޏާ ރަށުއޮފީހަށް އެންގުމަށް. ރަށުގެ ވަރަށް ގިނަބަޔަކުވެސް އެމީހުންނަށް މިހާރުވެސް ހެދުން ކެނޑުމާ، އެހެނިހެން ކަންތައްތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުރިޔަށްއެބަގެންދޭ" ގޮއިދޫ ކަތީބު ނިޔާޒު ވިދާޅުވިއެވެ.

ހަތްސަތޭކައަށްވުރެ ގިނަމީހުންގެ އާބާދީއެއްއޮތް ގޮއިދޫގެ ގިނަ ރައްޔިތުންތަކެއް މިހާދިސާ ހިނގުމާއެކު އެ ސަރަހަށްދަށްގޮސް ފެނާ، ވެލިޖަހައިގެން އަލިފާންގަނޑު ނިއްވުމަށް މަސައްކަތް ކުރިކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times