ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ އަޕްޑޭޓްސް
އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޯޔަލް އައިލެންޑް ރިސޯޓުގައި ކުޅިވަރު ހަވީރެއް ބާއްވައިފި

މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޯޔަލް އައިލެންޑް ރިސޯޓުގައި ބޭއްވި ކުޅިވަރު ހަވީރުގައި ބައިވެރިވި ފަރާތްތަކުން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ / ރޯޔަލް ރިސޯޓް

09 މާޗް 2010
މިއަހަރުގެ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓްގައި އިއްޔެ ކުޅިވަރު ހަވީރެއް ބާއްވައިފި އެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނީ އެ ރިސޯޓުގެ އެކްސެސް ކުލަބާ ބ. މާޅޮހު އަންހެނުންގެ ކޮމެޓީ ގުޅިގެން ބޭއްވި މި ހަވީރުގައި، ތަފާތު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ގޯނިރޭހާ، ލެމަންރޭހާ، ތިންފައި ރޭހުގެ އިތުރުން ރިލޭ އާ ވާދެމުންވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ރޯޔަލް އެކްސެސް ކުލަބުން ބުންޏެވެ. މީގެ އިތުރުން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކޭކެއް ފެޅުންވެސް ކުރިއަށްދިޔަ ކަމަށް އެ ރިސޯޓުގެ އެކްސެސް ކުލަބުން ބުންޏެވެ.

ރޯޔަލް އައިލެންޑް ރިސޯޓުގައި ބޭއްވި އަންހެނުންގެ ދުވަހުގެ ހާއްސަ ކުޅިވަރު ހަވީރު ޝަރަފުވެރި ކޮށްދެއްވައި، އެ ރިސޯޓުގެ ހިއުމަން ރިސޯސް މެނޭޖަރ އަހުމަދު އަސްލަމުގެ ވާހަކައިގައި އަންހެނުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް މުޖްތަމައުގައި ލިބެންޖެހޭނެކަމަށައި އަދި ކުރިއައްވުރެ މިހާރު އަންހެނުންގެ ރޯލް މުޖްތަމައުގައި އިތުރުކަންވެސް ފާހަގަކުރެއްވި އެވެ.

ރޯޔަލް އެކްސެސް ކުލަބުން ކޮންމެއަހަރަކުވެސް އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަމުންދެއެވެ. އެރިސޯޓްގައި 15 ދިވެހި އަންހެންކުދިން ވަޒީފާގައި އަދާކުރަމުން ދެއެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times