|
"މާފެއް ނެތް" އަންނަ ބުރާސްފަތި ދުވަހު ހީނާ ސިނަމާއަށް
މިރޭ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ "މާފެއް ނެތް" އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބ. އޭދަފުށީ ހީނާ ސިނަމާގައި އަޅުވާގޮތަށް ހަމަޖެހިފައިވާ ކަމަށް ހީނާ ސިނަމާއިން ބުނެފި އެވެ.
ސިނަމާގެ ފަރާތުން ވާހަކަ ދެއްކި އިބްރާހިމް ރަޝީދު ބުނީ މި ފިލުމުގެ ޝޯވތައް ހީނާ ސިނަމާގައި ދެއްކުމަށް ފިލްމުގެ ޓިކެޓް ހީނާ ވީޑިޔޯއިން ބުދަ ދުވަހު ވިއްކަން ފަށާނެ ކަމަށެވެ. އަދި ފިލްމު ދެއްކުމަށްޓަކައި ފިލުމުގެ ޕޯސްޓަރުތައް ހިއްޕަމުންދާއިރު އެ ފިލުމުގެ ޓިކެޓް ހޯދަން މިހާރުވެސް ގިނަ ބަޔަކު ގުޅަމުން އަންނަ ކަމަށް އިއްބެ ބުންޏެވެ.
"އެކަމަކު މިފަހަރުވެސް އެޑްވާންސްކޮށް ބުކް ނުކޮށް، ބުދަ ދުވަހު ހެނދުނު ހައެއް ޖަހާއިރު ކިޔޫ ތަރުތީބުން ނަންބަރު ދޫކުރަން މި ފަށަނީ. ޓިކެޓް ވިކެމުންދާވަރަށް ބަލާފައި ޝޯތައް މިފަހަރުވެސް އިތުރުކުރެވޭނެ." ފިލްމު ވިޔަފާރިކުރުމުގައި 15 ވަނައަހަރު ހޭދަކުރަމުންދާ އިބްރާހީމް ރަޝީދު (ހީނާ އިއްބެ) އީޓީއަށް ކިޔައިދިނެވެ.
މިއަތޮޅު ކަމަދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލުމަކީ އަސަރު ގަދަ ހާދިސާތަކެއް ދައްކުވައިދޭ އާއިލީ ފިލުމެކެވެ. އަމިއްލަ ރާގުގެ ލަވަ ތަކުން އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާ މި ފިލުމަކީ ތިން އުމުރެއްގައި ދިމާވާ ކަންތައް ތަކެއްގެ މައްްޗަށް ނިއުމާ އާއި ސީޒަން މުހިއްމު ބައިތައް ކުޅުފައިވާ ފިލުމެކެވެ.
މިއީ ހީނާ ސިނަމާގައި މިއަހަރު އަޅުވާ ދެވަނަ ފިލުމެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|