|
ސޮނެވާފުށީގައި އަންހެނުންގެ ދުވަސް ފާހަގަކޮށްފި
|
މިލިޔުން ބުކުމާކް ކުރައްވާ
މިލިޔުން ޕްރިންޓް ކުރައްވާ
|
 އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސޮނެވާފުށީގައި ބޭއްވި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން |
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ. އޭދަފުށީ ބައެއް އޮފީސްތަކާ، ޖަމްއިއްޔާތަކާ ސޮނެވާފުށީ ރިސޯޓްގުޅިގެން އެރިސޯޓްގައި ކުޅިވަރު ހަރަކާތްތަކެއް ބާއްވައިފިއެވެ.
އަންހެނުންނަށް ހާއްސަކޮށްގެން ސޮނެވާފުށީގައި ހޯމަދުވަހު ހަވީރު ބޭއްވި މިކުޅިވަރު ހަރަކާތްތަކުގައި ސޮނެވާފުށީގެ އިތުރުން އޭދަފުށިން ބައިވެރިވެފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒާ، ބ. އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފުންގެ އިތުރުން، އޭދަފުށީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި އެންޝުއަރ ޖަމްއިއްޔާއެވެ.
ފަސްޓީމް މެދުގައި ކުރިޔަށްދިޔަ ކުޅިވަރު ތަކުގެ ތެރޭގައި ގޯނިރޭސް، ބިސްރޭސް، ވާދެމުން، ސްލޯބައިސިކަލް ރޭސް އަދި ހަތަރުފައި ރޭސް ހިމެނެއެވެ.
ވާދަވެރި އަދި ފޯރިގަދަކޮށް ކުރިޔަށްދިޔަ މި މުބާރާތްތަކުން އެއްމެ ރަނގަޅު ނަތީޖާ ހޯދައިގެން ސޮނެވާފުށީން ދިން ބާރަމީހުންގެ ޑިނަރ އަދި ފައިސާގެ އިނާމް ހާސިލް ކުރީ އޭދަފުށީ އެންޝުއަރ ޖަމްއިއްޔާގެ އަންހެން ޓީމެވެ.
ސޮނެވާފުށިން ބުނީ މިދުވަހުގެ ހަރަކާތްތައް އަންނައަހަރު އޭދަފުށީގެ އޮފީސްތަކާ، ޖަމްއިއްޔާތައް ގުޅިގެން ކުލަގަދަކޮށް އެރަށުގައި ބޭއްވުމަށް މަޝްވަރާ ކުރެވެމުންދާކަމަށެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|