|
ތުޅާދޫ އަތިރިމަތީގަ ޖަހާފައިހުރި ބައްތިތަކުގެ ކަރަންޓް ކޭބަލްތައް ތިންވަނަ ފަހަރަށް އެއްގަމަށް ޖައްސައިފި
|
މިލިޔުން ބުކުމާކް ކުރައްވާ
މިލިޔުން ޕްރިންޓް ކުރައްވާ
|
 ބ. ތުޅާދޫ ގޮނޑުދޮށުން ބޮޑުބައެއް ގިރާލާފައި.- ފައިލްފޮޓޯ |
ބ. ތުޅާދޫ އުތުރު ފަރާތް އާދަޔާހިލާފަށް ގިރަމުންދާތީ، އެ ސަރަހައްދު ދިއްލުމަށްޓަކައި ޖަހާފައިހުރި ބައްތިތަކުގެ ކަރަންޓް ކޭބަލްތައް ތިންވަނަ ފަހަރަށް އެއްގަމަށް ޖައްސައިފިއެވެ.
ތުޅާދޫ އޮފީހުން ބުނީ މިމަސައްކަތް އަނެއްކާވެސް ކުރަންޖެހުނީ ކުރިން އަޅާފައިހުރި ކޭބަލްތައް މޫދުގެ ތެރެއަށް ދިއުމުގެ ސަބަބުން މީގެ ދެހަފްތާކުރިން ކަރަންޓް ޝޯޓްވެ އެސަރަހައްދުގެ ބައްތިތައް ނުދިއްލޭ ހިސާބަށް ދިއުމުންކަމުގައެވެ. ތުޅާދޫ ކައުންސެލަރ މުހައްމަދު އުސްމާން ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ފަނަރަހާހެއްހާ ރުފިޔާ ހަރަދުކޮށްގެން މިދިޔަ ހަފްތާ ކުރެވުނު މި މަސައްކަތުގެ ދަށުން ހަތަރު ބައްތިއެއްގެ ކޭބަލް އެއްގަމަށް ޖެއްސުނު ކަމަށެވެ.
"ހަތަރު ބައްތިއެއްގެ ކޭބަލް މިފަހަރުވެސް މިޖެއްސުނީ. ފަނަރަހާހެއްހާ ރުފިޔާ ހަރަދުވާނެ ރައްޔިތުންގެ އިންޖީނުގޭގެ ފައިސާއިން"
އުސްމާނު ވިދާޅުވީ ރަށް ގިރަމުންދާ ނިސްބަތަށް ބަލާއިރު މިފަހަރު މިގެނެވުނު ބަދަލާއެކު އަހަރެއްހާދުވަސް އަދި ހިފަހައްޓާނެކަމަށާ، އެހެންނަމަވެސް އޭގެފަހުން އަތިރިމަތީގެ ބައްތިތަކަށް އަޅާފައިވާ މައިކޭބަލްތައްވެސް މުޅީން ބަދަލު ކުރަންޖެހޭނެ ކަމަށެވެ.
ތުޅާދޫ އުތުރު ފަރާތުން ހިއްކާފައިވާ ބިމުން ދުއިސައްތަ ފޫޓަށްވުރެ ބޮޑުބައެއް މިހާތަނަށް ގިރާލާފައިވާކަމަށްވެސް މުހައްމަދު އުސްމާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީހުން ދިރިއުޅޭ ބައެއް ގޭގެއާ މޫދާ ދެމެދު މިހާރުހުރީ 15 ވަރަކަށްފޫޓް ކަމަށެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|