|
ކުޑަރިކިލު އިންޖީނުގެ ޔުޓިލިޓީއާ ހަވާލުނުކުރަން އެރަށު ރައްޔިތުން ނިންމައިފި
|
މިލިޔުން ބުކުމާކް ކުރައްވާ
މިލިޔުން ޕްރިންޓް ކުރައްވާ
|
 ކުޑަރިކިލު އިންޖީނުގެ |
ބ. ކުޑަރިކިލު އިންޖީނުގެ ޔުޓިލިޓީ ކުންފުންޏާ ހަވާލުނުކޮށް ރައްޔިތުންގެ ތެރެއިން ހޮވާ ކޮމެޓީއަކުން އިންޖީނުގެ ހިންގަން އެރަށު ރައްޔިތުން ނިންމައިފިއެވެ.
ކުޑަރިކިލު ރައްޔިތުން މިގޮތަށް ނިންމީ ކުޑަރިކިލު އިންޖީނުގެއަށް މިވަގުތު ދިމާވެފައިވާ ޖަނަރޭޓަރުތައް ލޯޑް ބޮޑުވުމުގެ މައްސަލަ ހައްލުކުރާނެ ގޮތަކާމެދު ސީދާ ރައްޔިތުންނަށް އާންމުކޮށް މިދިޔަ ހުކުރުދުވަހުގެރޭ އެރަށުއޮފީހުން ބޭއްވި ބައްދަލުވުމެއްގައެވެ. ރައްޔިތުންގެ ތެރެއިން 130 މީހުން ބައިވެރިވި މިބައްދަލުވުމުގައި ނުވަދިހަ އިންސައްތައަށްވުރެ ގިނަމީހުން ވަނީ ޔުޓިލިޓީ ކުންފުންޏާ އިންޖީނުގެ ހަވާލުކުރުމަށް އިދިކޮޅު ހަދާފައެވެ.
ކުޑަރިކިލު ކައުންސެލަރ ހަސަން ސިރާޖް ވިދާޅުވިގޮތުގައި މިހާރު އިންޖީނުގޭގެ ކަންކަން ބަލަހައްޓަމުންގެންދަނީ އެބައްދަލުވުމުގައި ރައްޔިތުން ނިންމާފައިވާ ގޮތަށެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށް ދެންނެވީ މިހާރު އިންޖީނުގޭގެ ހާލަތު ހުރިގޮތުން ކިހިނެއްތޯ މަރާމާތާ އެހެނިހެން ކަންކަން ކުރިޔަށްގެންދާނީ. ސަރުކާރުގެ ބަޖެޓުން އެއްވެސް ފައިސާއެއް މިއަހަރު ނުލިބެޔޭ. އެހެންވީމާ ޔުޓިލިޓީ ކުންފުންޏާ ހަވާލުކުރާނީތޯ. އެބޭފުޅުން ނިންމެވީ ރައްޔިތުން ކަނޑައަޅާ 10 މެމްބަރުންގެ ލަފަޔާއެކު ރަށުއޮފީހުން ކުރިޔަށްގެންދަން. އެހެންވީމާ އެގޮތަށް މިހާރު މިދަނީ"
ސިރާޖް ވިދާޅުވީ އިންޖީނުގޭގައި މިވަގުތު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާ، ކޮމެޓީގެ މަޝްވަރާގެ މަތީން އިންޖީނުގެއަށް ބޭނުންވާ އިތުރު ސާމާނު ހޯދުމުގެ ބައްދަލުވުންތައްވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
ކުޑަރިކިލުގެ އިތުރުން މިއަތޮޅު ގޮއިދޫ އަދި ދަރަވަންދޫ އިންޖީނުގެވެސް ޔުޓިލިޓީ ކުންފުންޏާ ހަވާލުނުކޮށް ރައްޔިތުން ހިންގާގޮތަށް މީގެ ކުރިން އެރަށު ރައްޔިތުންވެސްވަނީ ނިންމާފައެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|