|
އީޓީ ކުރު ވާހަކަ މުބާރާތް |
އެއްވަނަ ވާހަކައަކަށް "ޕޮއިޒަން އައިވީ"
|
މިލިޔުން ބުކުމާކް ކުރައްވާ
މިލިޔުން ޕްރިންޓް ކުރައްވާ
|
 - |
މިދިޔަ ރޯދަ މަހު އީޓީން ބ. އަތޮޅަށް ހުޅުވާލި ކުރު ވާހަކަ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް "ޕޮއިޒަން އައިވީ" ހޮވިއްޖެ އެވެ.
އޮނަތިރީސް ވާހަކައިގެ ތެރެއިން، މި ވާހަކަ އެއް ވަނަ އަށް ދިޔައީ ޖަޖުން އެ ވާހަކަ އަށް 70 މާކްސް ދީގެންނެވެ. ބ. އޭދަފުށީ ތަރިވިދިގޭ އަބްދުﷲ އަޝްރަފު ލިޔެފައިވާ އެ ވާހަކައާ ދެން އެންމެ ބޮޑަށް ވާދަކުރީ ބ. އޭދަފުށީ ހީނާމާގޭ މުޖުތަބާ ރަޝީދު ލިޔެފައިވާ "ހިތި ލައްގަނޑު" އެވެ. އެ ވާހަކަ އަށް ޖަޖުން ދީފައި ވަނީ 60 މާކްސް އެވެ. ތިން ވަނަ އަށް ދިޔައީ ބ. އޭދަފުށީ ދިރޭލާލުގޭ އަބްދުﷲ ރަޝީދު ލިޔެފައިވާ "ހާދަހާ ދެރަޔޭ ހަޔާތާ...!" އެވެ. އެ ވާހަކަ އަށް ޖަޖުން ދީފައި ވަނީ 55 މާކްސް އެވެ. ބ. އޭދަފުށީ ނަރުގިސްވިލާ މުހަންމަދު ރިޒާ ލިޔެފައިވާ "އަބަދަށް ޓަކައި އަލްވަދާއު" އަށް 50 މާކްސް ލިބިގެން ހަތަރު ވަނަ ލިބިފައިވާއިރު މި މުބާރާތުގައި ހޮވާ އެންމެ ފަހު ވަނަ، ފަސް ވަނަ ލިބިފައި ވަނީ ބ. އޭދަފުށީ އަސުރުމާގޭ ޒައީމާ އިބްރާހިމް ލިޔެފައިވާ "ޖަޒުބާތު" އެވެ. މި ވާހަކަ އަށް ޖަޖުން ދީފައި ވަނީ 25 މާކްސް ނަމަވެސް މި ވާހަކަ އަށް ލިބުނު އެންމެ ގިނަ އެސްއެމްއެސް އާ އެކު 20 މާކްސް ހިމަނައިގެން ޖުމްލަ 45 މާކްސް ލިބިފައި ވެ އެވެ.
މުބާރާތުގެ ޖަޖުކަން ކޮށްދީފައި ވަނީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިން ކަމަށްވާ ބިންމާ އިބްރާހިމް ވަހީދާއި މުހަންމަދު ގާސިމް އާއި އާދަމް ހަލީމެވެ. އެ ތިން ބޭފުޅުން ވަކިވަކިން މާކްސް ދެއްވާފައިވެ އެވެ. އެ ހުރިހާ މާކްސްގެ ޖުމްލަ ނަތީޖާ އެއްކޮށްގެން އެންމެ މޮޅު ވާހަކަތައް ހޮވާފައި ވަނީ ޗީފް ޖަޖް ބިންމާ އިބްރާހިމް ވަހީދެވެ. މި ވާހަކަތަކަށް އިންސާފު ކުރުމާއި ޖުމްލަ ނަތީޖާ ހަމަޖެއްސުމުގައި އީޓީގެ އެއްވެސް ދައުރެއް ނެތެވެ. އެންމެ ފަހުގެ ޖުމްލަ ނަތީޖާ ވެސް ލިބިފައި ވަނީ ޖަޖުންގެ އަތުންނެވެ.
މުބާރާތަށް 2733 އެސްއެމްއެސް ލިބިފައި ވެ އެވެ. އެންމެ ގިނަ އެސްއެމްއެސް ލިބުނު "ޖަޒުބާތަ"ށް 948 އެސްއެމްއެސް ލިބިފައިވާތީ އެއީ 20 މާކްސް ކަމަށް ބަލައިގެން ނަތީޖާ ހެދިއިރު މާކްސްއެއް ހަމަވަނީ 47 އެސްއެމްއެސް އަށް ކަން ވެސް ކިޔުންތެރިންގެ މައުލޫމާށްޓަކައި ދަންނަވެމެވެ.
މި މުބާރާތަކީ އަގުބޮޑު އިނާމްތަކެއް ހުށަހެޅިފައިވާ މުބާރާތެކެވެ. ކުރިން ވެސް އިއުލާން ކުރެވިފައިވާ ގޮތަށް ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް ކުރިއަށް އޮތް އޮތް އެއް ހަފުތާގެ ތެރޭގައި އިނާމްތައް ދޫކުރަމުން ގެންދާނަމެވެ. އެ ފަރާތްތަކަށް އަޅުގަނޑުމެން އެކަން އަންގައި، އަދި އިނާމްތައް ހަވާލު ކުރާ ފޮޓޯތަކާ އެކު އީޓީގައި އާންމުކުރެވޭނެ އެވެ.
މި މުބާރާތުގެ ޖަޖުކަން ކޮށްދެއްވި ތިން ބޭފުޅުންނަށް ވެސް ވަރަށް އިހުލާސްތެރި ޝުކުރެއް ދަންނަވަމެވެ. ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް މަރުހަބާ ކިޔަމެވެ. ވާހަކަތަކަށް ޖަޖުކަން ކޮށްފައިވާ ގޮތާއި ޖަޖުންގެ ހުލާސާ ބަޔާނެއް މިއަދު އީޓީގައި ޝާއިއުކުރާނެ ވާހަކަ ވެސް ދަންނަވެމެވެ.
ވާހަކަތަކަށް ޖަޖުކަން ކޮށްފައިވާ ގޮތާއި ޖަޖުންގެ ހުލާސާ ބަޔާން ވިދާޅުވުމަށް...
މި ހަބަރާގުޅޭ އިތުރު ލިޔުންތައް:
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|