ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ އަޕްޑޭޓްސް
އަންހެނުންގެ ދުވަހުގެ ކުޅިވަރު ފޯރި
ވާދެމުން ކާމިޔާބުކުރި ގަލްފު ޓީމަށް ލިބެންޖެހޭ ތަށި އޭދަފުށީ އަންހެނުން ކޮމެޓީއަށް ދީފި

* އެކަން ކުރެވުނީ އޮޅުމަކުން: ފެމެލީ ސެންޓަރު * ލިބިފާއޮތް އެއްޗެއް އަތަށްނޭރީމާ ދެރަވާނެތާ: ގަލްފްގާލްސް ކޯޗް ރަސާދު


މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އޭދަފުށީގައި ބޭއްވި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ / ތޯރިގް

14 މާޗް 2010
އަންހެނުންގެދުވަސް ޕްރޮވިންސް ލެވެލްގައި އޭދަފުށީގައި ފާހަގަކުރުމުގެ ގޮތުން ހުކުރުދުވަހު ހަވީރު އޮތް ވާދެމުން ކާމިޔާބު ކުރި "ގަލްފް ގާލްސް" ޓީމްގެ ބަދަލުގައި ޗެންޕިއަން ތަށި އޭދަފުށީ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ހަވާލުކުރުމާ ގުޅިގެން ގަލްފު ޓީމުން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.

ގަލްފް ޓީމުން މެޗް ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދާފައިވަނިކޮށް ހުކުރު ދުވަހުގެރޭ އޮތް ސްޓޭޖް ޝޯގައި ފެމެލީ ސެންޓަރުން، ޗެންޕިއަނުންގެ ގޮތުގައި ތަށި ހަވާލުކުރީ އޭދަފުށީ އަންހެނުން ކޮމެޓީގެ ނާއިބް ރައީސާ ނިއުމާ އަހްމަދާއެވެ. އެހެންނަމަވެސް ގަލްފް ޓީމުން ބުނީ އެ ޓީމަކީ އަންހެނުން ކޮމެޓީއާ އެއްވެސް ގުޅުމެއް އޮތް ޓީމެއް ނޫންކަމަށާ، މި މައްސަލާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރާ ކަމަށެވެ.

"ވަރަށް ހިތާމަ ކުރާ ކަމެއް. ލިބިފާއޮތް އެއްޗެއް އަތަށްނޭރީމާ ދެރަވާނެތާ. ގަލްފު ސަރަހައްދު މައިތަނބު އަދި ޓީމްގެ ކޯޗް ރަޝާދު ބުންޏެވެ. "ވަގުތުން އިސްޓޭޖް ކައިރީގާވެސް މަބުނީމޭ ނުބާ އެއްޗެކޭ ތިޔަކިޔަނީ. މި ޓީމްގެ ކޯޗަކީ މަ. މެނޭޖަރަކީ މަގޭ އަންހެނުން. ކޮމެޓީއާ ގުޅޭ ކަމެއްނޫން މީއަކީ."

މިކަމާ ގުޅިގެން ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުން ބުނީ އެކަން ކުރެވިފައިވަނީ އޮޅުކަމުން ކަމަށާ، އޭދަފުށީ އަންހެނުން ކޮމެޓީއާ ހަވާލުކޮށްފައިވާ ތަށި އަނބުރާ ގަލްފާ ހަވާލުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެންގެ އޮފިޝަލުންނަށް އެރި އޮޅުމެއް އެއީ. އެކަން ރަނގަޅު ކުރުމަށް މިހާރު މަޝްވަރާ ކުރެވެމުން އެބަދޭ" ބ. އަތޮޅު ފެމެލީ ސެންޓަރުން ވާހަކަދެއްކި އޮފިޝަލަކު މިއަދު ބުންޏެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުގައި ތިބި ފުލުހުންނަށް ސާބަސް ތީ ކަންތައްތައް ކުރަންކެރޭ ދަންނަބައެއް ކަލޭމެން ތިކުރި ހިތްވަރުން އަންހެނުންގެ ދުވަސް އެހާ ފުރިހަމަކޮށް ފާހަނގަކުރެވުނީ
18.03.2010
މީހަމަބޮޑު ހަބަރެއް ކީއްކުރަން ސިއްރުކުރަން ވީ؟؟؟
15.03.2010
ދެން މިހާރު ހުރިހާ ކަމެއްވެސް ވާނީ ތިހެން އެހެންނޫންތޯ؟ މައިސޯބު އެބުރޭ ގޮތަކަށްތާ ދެންހުރި ކުދި ސޯބުތައްވެސް އެބުރޭނީ. ނަސީބެއްނު އެހެން އެއްޗެއް އޮޅިގެން ނުދެވުނުކަން.
15.03.2010
މީ މިހާ ބޮޑުކޮށްލައިގެން ލިޔާކަހަލަ ޚަބަރެއްނޫންކަން ފާހަގަކުރަން....
14.03.2010
މީ މިހާ ބޮޑުކޮށްލައިގެން ލިޔާކަހަލަ ޚަބަރެއްނޫންކަން ފާހަގަކުރަން....
14.03.2010
ދެރަމީހާ ހަމަ ދެރަ
14.03.2010
އޮޅުން ވެސް އަރާނެ....އެއީ މައްސަލައެއް ނޫން.... ކޮންމެ މީހަކަށްވެސް ކުށް ކުރެވޭނެ.. އެހެން އެގޮތަށް ވިޔަސް ފެމިލީ ސެންޓަރަށް ހަމަ ސާބަސް ދެން... ތި ސެންޓަރުން ތިކުރީ ހަމަ ވަރަށް ފުރިހަމަ ކަމެއް...ރަށުގެ ވަރަށް ގިނަ ބަޔަކު ތި ސެންޓަރުން ތި ކުރި ކަންތައް ބަލައިގަންނަން.. ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ......... " އޭދަފުށީ ރައްޔިއްތެއް"
14.03.2010
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times