ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ އަޕްޑޭޓްސް
ގޮއިދޫގައި ދަނޑުވެރިކަން ކުރާނޭ ނަމޫނާ ދަނޑެއް ހަދަނީ

މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

ބ. ގޮއިދޫ ކަރާ ދަނޑެއްގައި މީޙަކު ހަރަކާތްތެރިވަނީ-- ފައިލްފޮޓޯ

17 މާޗް 2010
ބ. ގޮއިދޫގައި ދަނޑުވެރިކަން ކުރާނޭ ނަމޫނާ ދަނޑެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މިކަމަށް ބޭނުންވާ އެއްލައްކަ އަކަފޫޓަށްވުރެ ބޮޑުބިމެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ގޮއިދޫގައި ކުރިޔަށް އެބަދެ އެވެ.

އެގްރިކަލްޗަރ މިނިސްޓްރީގެ ސީނިއަރ އެގްރިކަލްޗަރ އޮފިސަރ މުހައްމަދު އަފީފު ވިދާޅުވީ ބ. އަތޮޅުގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އޭ.އީ.ސީ ޕްރޮޖެކްޓާ ގުޅިގެން އެގްރިކަލްޗަރ މިނިސްޓްރީން ކުރިޔަށްގެންދާ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ހެދޭ މޭވާގެ ބާވަތްތައް އިތުރުކުރުމަށް ދަނޑުވެރިންނަށް ހިތްވަރުދިނުން ކަމަށެވެ.

މިދަނޑު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ގޮއިދޫގެ ދަނޑުވެރިންގެ މެދުގައި ވިޔަފާރީގެ ޖަމާއަތެއް ހަދަން މަސައްކަތް ކުރަމުންދާކަމަށާއި އަދި މިދަނޑުގައި މައިގަނޑުގޮތެއްގައި އާލާކުރަން ގަސްދުކޮށްފައިވަނީ ބަނބުކޭލާ، އަނބު، އަންނާރު އަދި އަތަ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times