|
ކުއްލިއްޔާގެ ތިން ކޯހެއް ބ. ހިތާދޫގައި ފަށައިފި
ތޯރިގު އަބްދުއްރަހްމާން
ކުއްލިޔަތުއް ދިރާސާތުއް އިސްލާމިއްޔާގެ ތިން ކޯހެއް ބ. ހިތާދޫގައި މިދިޔަ ހަފްތާގައި ފަށައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އެރަށުގައި ފެށި ތިން ކޯހަކީ ގިރާއަތު އެޑްވާންސް ސެޓްފިކެޓްގެ ފައުންޑޭޝަން ކޯހާއި އިމާމު ކޯހާއި އަދި އަރަބި ބަހުގެ ސެޓްފިކެޓް ކޯހެވެ. މި ތިން ކޯސް ފެށުމުގެ ގޮތުން ހާއްސަ ޖަލްސާއެއް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިތާދޫ ސްކޫލުގައިވަނީ ބާއްވައިފަ އެވެ. މި ޖަލްސާގައި ކުއްލިއްޔާގެ އެކްޓިން ޑީން އަހުމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ކުއްލިއްޔާގެ އޮފިޝަލަކު ވިދާޅުވީ 60 މީހުން ބައިވެރިވެފައިވާ ގިރާއަތު އެޑްވާންސް ސެޓްފިކެޓްގެ ފައުންޑޭޝަން ކޯހަކީ އެއް އަހަރު ދުވަހުގެ ކޯހެއް ކަމަށާއި ދެ އަހަރު ދުވަހުގެ އަރަބި ބަހުގެ ސެޓްފިކެޓް ކޯހުގައި 30 މީހުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެ އިމާމު ކޯހުގައި 19 މީހުން ބައިވެރިވެފައިވާ ކަމަށްވެސް ކުއްލިއްޔާއިން ބުނެއެވެ.
ކުއްލިއްޔާއިން ބުނީ އެތަނުގެ އަމާޒަކީ ކުއްލިއްޔާގެ ކެމްޕަސްތަކެއް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހުޅުވި އިސްލާމީ ތައުލީމް އާއްމުވެގެން ދިޔުން ކަމަށެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|