ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ އަޕްޑޭޓްސް
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިރޭ

| |

17 މާޗް 2010
މިމަހުގެ 11 ން 13 އަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި އެ މަރުކަޒުގެ މިއަހަރުގެ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާ މިރޭ އޮންނާނެކަމަށް އެ ސްކޫލުން ބުނެފިއެވެ.

ސްކޫލުން ބުނީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އެ ސްކޫލުގެ ހޯލުގައި ބާއްވާ ޖަލްސާގައި މުޅި މުބާރާތުން ދެގޮފިން 1، 2 އަދި 3 ވަނައިގެ އިތުރުން ގްރޭޑްތަކުން ވެސް 1، 2 އަދި 3 ހޮވާ އިނާމާއި ސެޓްފިކެޓް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކީރިތި ގުރުއާނަށް ދޭ އަހަމިއްޔަތު އިތުރުކޮށް، ކުދިންގެ ހިތްތަކުގައި ގުރުއާން ކިޔެވުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ބޭއްވި މި މުބާރާތުގައި އެ ސްކޫލުގެ 140 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ ކިޔަވާފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ބައިވެރިވުމަށް މި މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން މިރޭ 8:30 އަށް ސްކޫލަށް ހާޒިރުވުމަށް އެ މަރުކަޒުން އެދެއެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times