ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ އަޕްޑޭޓްސް
އޮސްޓްރޭލިއާގެ އާންމު އިންތިހާބު އޯގަސްޓް 21 ގައި ބާއްވަނީ

| |

17 ޖުލައި 2010
އޮސްޓްރޭލިއާގައި އޮގަސްޓް 21 ގައި ޢާންމު އިންތިހާބު ބާއްވާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ޖޫލިއާ ގިލާޑް ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ގިލާޑް މަޤާމާ ހަވާލުވެވަޑައިގެންނެވިތާ ތިން ހަފްތާފަހުން މިކަން އިޢުލާން ކުރައްވަމުން ވިދާޅުވީ، މި އިންތިހާބު ވެގެންދާނީ ވާދަވެރި އަދި ގާތްގާތުގައި ވާދަކުރާނެ އިންތިހާބަކަށް ކަމަށެވެ.

ވެރިކަން ކުރާ ލޭބަރ ޕާޓީން ގިލާޑް ބޮޑުވަޒީރެއްގެ ގޮތުގައި ހަމަޖެއްސެވީ، ކުރީގެ ބޮޑުވަޒީރު ކެވިން ރޫޑް މަގާމުން ދުރުކުރެއްވުމަށްފަހު، ޕާޓީ ތެރޭގައި ނެގި ވޯޓަކުން. ވެރިކަން ކުރާ ޕާޓީއާއި، އިދިކޮޅު ލިބަރަލް ޕާޓީން މި އިންތިހާބުގައި ބޮޑަށް ބާރު އަޅާނެ ކަންތައްތަކުގެ ތެރޭގައި، އިޤްތިޞާދީ މައްސަލަތަކާއި، ސިއްހަތާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން، އިމިގްރޭޝަން މައްސަލަތައް ހިމެނެއެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times