|
ފޭލި ޖަމިއްޔާގެ ހިންގާ ކޮމެޓީ އިންތިހާބު ކޮށްފި
ރައީސް ކަމަށް އަލީ ނަޒީރު، ނައިބް ރައީސް ކަމަށް މަބްރޫކު، އަލީ ވަހީދު އަދި އިބްރާހިމް މުހައްމަދު
|
މިލިޔުން ބުކުމާކް ކުރައްވާ
މިލިޔުން ޕްރިންޓް ކުރައްވާ
|
 |
ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާގެ ހިންގާ ކޮމެޓީ އާ ދައުރަކަށް ރޭ އިންތިހާބުކޮށްފިއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާއެއްގައި އެ ޖަމިއްޔާގެ ހިންގާ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ހާއްސަ ގަރާރަކުން ފާސްކޮށް 11 މެންބަރަކުވަނީ ހިންގާ ކޮމެޓީއަށް އިންތިހާބުކޮށްފައެވެ.
އެ ޖަލްސާގައި ޖަމިއްޔާގެ ރައީސްކަމަށް ހޮވިފައިވަނީ އަލީ ނަޒީރު އެވެ. ނާއިބް ރައީސްކަމަށް ތިން ބޭފުޅުން އިންތިހާބުކޮށްފައިވެ އެވެ. އެއީ އިބްރާހިމް މުހައްމަދާއި، މަބްރޫކް ނަސީރުގެ އިތުރުން އަލީ ވަހީދެވެ. ހިންގާ ސެކްރެޓަރީއަކަށް މުހައްމަދު ނިޒާމު ހޮވިއިރު ސެކްރެޓަރީއަކަށް ހޮވިފައިވަނީ އަލީ އިމާދު އަދި އިންތިޒާމު ސެކްރެޓަރީއަކަށް ހޮވިފައިވަނީ މުހައްމަދު ރަޝީދެވެ. ހަޒާންދާރަކަށް އިބްރާހިމް ރަޝީދު އަދި ހަޒާންދާރުގެ އެހީތެރިއަކަށް ހޮވިފައިވަނީ ތޯރިގް އަބްދުއްރަހްމާނެވެ. އިތުރު މެންބަރުންގެ ގޮތުގައި ހޮވިފައިވަނީ ސާހިދާ ހުސައިނާއި ހަމްދާ އަބްދުއްސައްތާރެވެ.
އެ ޖަލްސާގައި ހިންގާ ކޮމެޓީ އިންތިހާބުކޮށް ޖަމިއްޔާގެ ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށް ކުރިއަށްއޮތް ތާނގައިވެސް އިތުރު ކުރިއެރުންތަކެއް ހޯދައިދެއްވުމަށް މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.
ފޭލި ޖަމިއްޔާގައި މިހާތަނަށް ރަޖިސްޓްރީވެފައިތިބި 200 އަށް ވުވެ ގިނަ މެންބަރުންގެ ތެރެއިން އެ ޖަލްސާގައި 25 މެންބަރުން ބައިވެރިވި އެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|