|
ހިތާދޫގައި މިނިވަންދުވަސް ފާހަގަ ކޮށްފި
ބ. ހިތާދޫގައި މިއަހަރުގެ މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ހިތާދޫ ސްކޫލާއި ހިތާދޫ ޕްރީސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި މިނިވަން ދުވަހާއި ގުޅޭ ތަމްސީލް ކުޅުމާއި ޤްރާއާން ކިޔެވުމާއި މަދަހަ ކިޔުން ފަދަ ހަރަކާތްތައް ހިމެނެއެވެ.
މިހަރަކާތްތަށް ފައްޓަވައިދެއްވީ ހިތާދޫ ކުޑަކަތީބު އަލްފާޟިލް ޢަބްދުއްރަޙީމް ޤާސިމެވެ. އޭނާގެ ވާހަކަފުޅުގައި ގައި މިނިވަންކަން ދިވެހިންނަށް ލިބުނުގޮތާމެދު އަލިއަޅުވާލެއްވިއެވެ. އަދި މިއަދުގެ ކިޔަވާކުދިންނަކީ މާދަމާގެ ޒުވާނުންކަމާއި ކޮންމެ ކުއްޖަކީވެސް ޤައުމަށް ފައިދާހުރި ދަރިއަކަށްވުމަށް ގޮވާލެއްވިއެވެ.
ހިތާދޫ ޕްރީސްކޫލުގައި ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ޤައުމު ބޭރުގެބައެއްގެ އަތްމައްޗަށް ދިޔަގޮތާއި އެގައުމު ސަލާމަތް ކުރުމަށް އަތުކުރި އޮޅާލި ދިވެހިބަޠަލުން ކުރެއްވި މަސައްކަތް ދައްކުވައިދޭ ތަމްސީލެއްގެ އިތުރުން އެކި ހަރަކާތްތަށް ފެނިފައިވެއެވެ.
މިނިވަންދުވަހުގެ ހަރަކާތްތައް ފުރިހަމަކޮށް ގެންދިއުމަށް ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަމަށް ހިތާދޫ ސްކޫލުން ބުނެއެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|