|
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރހައުސް ނެޓްބޯޅަ މުބާރާތް ނިމިއްޖެ
* ސީނިއާ ގްރޫޕުގެ ޗެމްޕިއަންކަން ވައިލެޓް
* ޖޫނިއާ ގްރޫޕުގެ ޗެމްޕިއަންކަން ޔެލޯ ހައުސް
|
މިލިޔުން ބުކުމާކް ކުރައްވާ
މިލިޔުން ޕްރިންޓް ކުރައްވާ
|
 ސީނިއާ ގްރޫޕުގެ ޗެމްޕިއަންޓީމް ވައިލެޓްހައުސް ފޮޓޯއަކަށް ހުއްޓިގެން |
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް އިއްޔެ ނިމިއްޖެ އެވެ.
އިއްޔެ ހެނދުނު ކުޅުނު މި މުބާރާތުގެ ޖޫނިއާ ގުރޫޕުގެ ފައިނަލު މެޗުގައި ބްލޫ ހައުސްއާ ބައްދަލުކޮށް ޔެލޯހައުސް މޮޅުވީ 11 ޕޮއިންޓް 6 ޕޮއިންޓުން ނެވެ. އަދި ހަވީރު ކުޅެވުނު ސީނިއާ ގްރޫޕުގެ ފައިނަލުގައި ބްލޫ ހައުސްއާ ދެކޮޅަށް ނުކުމު ވައިލެޓްހައުސް މޮޅުވީ 16 ޕޮއިންޓް 13 ޕޮއިންޓުންނެވެ.
މި މުބާރާތުގެ ސީނިއާ ގުރޫޕުގެ ކުއީން އޮފަ ދަ ޓޯނަމެންޓްގެ މަގާމަށް ހޮވުނީ ސުހާ އަބަދުއްރަހީމް އެވެ. އަދި ޖޫނިއާ ގްރޫޕުގެ ކްއީން އޮފް ދަ ޓޯނަމެންޓްގެ މަގާމަށް ހޮވުނީ ޒުބާނާ އިބްރާހީމް އެވެ.
މުބާރާތުގެ އެކިއެކި މަގާމުތަކަށް ހޮވުނު ކުދިންނަށާއި ޓީމުތަކަށް ޓްރޮފީއާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީއު އާއި އޭދަފުށީ ކައުންސިލަރު އައްޝައިޚް މުހައްމަދު ހަބީބެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|