|
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގެ ޖޫނިއާ ބައިން ޗެމްޕިއަންކަން ޔެލޯހައުސް ހޯދައިފި
* ސީނިއާ ގްރޫޕުގެ ފައިނަލު މެޗު މިއަދު ހަވީރު
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޖޫނިއާ ގްރޫޕުގެ ޗެމްޕިއަންކަން ޔެލޯހައުސް ޓީމު ހޯދައިފި އެވެ.
އިއްޔެ ހަވީރު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މުބާރާތުގެ ޖޫނިއާ ގްރޫޕުގެ ފައިނަލު މެޗުގައި ބްލޫ ހައުސްހާ ދެކޮޅަށް ނުކުމެ ޔެލޯހައުސް މޮޅުވެފައިވަނީ 2-0ން ނެވެ.
މި މުބާރާތުގެ ސީނިއާ ގްރޫޕުގެ ފައިނަލު މެޗު އޮންނާނީ މިއަދު ހަވީރެވެ. ފައިނަލުމެޗު ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު އޮންނާނެކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެއެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|