|
ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކެއް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވަނީ
|
މިލިޔުން ބުކުމާކް ކުރައްވާ
މިލިޔުން ޕްރިންޓް ކުރައްވާ
|
 ބަހިއްޔާ ޕްރީ ސްކޫލު ކޮންސެޓް 2009-- ނިޔަމި ފޮޓޯ |
މި އަހަރުގެ ބައިނަލް އަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުން ހާއްސަ ހަރަކާތަކެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް ސްޕަވައިޒަރު އިބްރާހީމް ޝަހީދު އީޓީ އަށް މިއަދު ވިދާޅުވީ މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އަންނަ ހުކުރު ދުވަހު ހަވީރު ސްކޫލުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ހުކުރު ދުވަހު ހަވީރު 4-6 އަށް ކުރިއަށް ގެންދާ މި ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ވަރަށް ގިނަ ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
''ކުޅިވަރުތަކުގެ އިތުރުން ކުދިންގެ ހާއްސަ ސްޓޭޖް ހަރަކާތްތަކެއް ވެސް އޮންނާނެ. ސްޓޭޖް ހަރަކާތްތަކުގައި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ ތަފާތު އެކިއެކި އައިޓަމްތައް ހުށަހަޅައިދޭނެ. މީގައި ނެށުމާއި ޑްރާމާ ފަދަ އައިޓަމުތައް ހިމެނޭ،'' ޝަހީދު ވިދާޅުވި އެވެ.
''މީގެ އިތުރުން ޕީޓީއޭގެ ކެންޓީނު ވެސް މި ހަވީރުގައި ކުރިއަށް ދާނެ.''
ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަ ކުރަމުން އަންނަނީ މެއި މަހުގެ 10 ވަނަ ދުވަހެވެ.
-- ބ. އޭދަފުށިން ތޯރިގު އަބްދުއްރަހްމާން
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|