ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ ލިޔުންތައް
ކެންދޫ ދާއިރާގެ މެންބަރު ތަސްމީނުގެ ގަޔަށް ވެލިޖެހި މައްސަލަ:
ދައުވާ ލިބޭ ތުޅާދޫ 30 މީހުންގެ ތެރެއިން 3 މީހެއްގެ މައްޗަށް ހުކުމް ކޮށްފި

މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

ތަސްމީނު ގަޔަށް ވެލިޖެހި މައްސަލައިގެ ހެކިންގެ ގޮތުގައި ދިޔަ ތިން ފުލުހަކު އޭދަފުށީ ކޯޓަށް ވަންނަނީ.. ފައިލް ފޮޓޯ

10 ސެޕްޓެމްބަރ 2010
މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޑީއާރުޕީގެ ރަނިންމޭޓް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ބ. އަތޮޅު ތުޅާދޫއަށް ވަޑައިގެންނެވުމުން އޭނާގެ ގަޔަށް ވެއްޔާއި ފެންޖެހި މައްސަލާގައި ކުރާދައުވާގައި 30 މީހުންގެ ތެރެއިން ތިން މީހެއްގެމައްޗައް މައްސަލަ ސާބިތުވުމުން ހުކުމް ކޮށްފި އެވެ.

3 މީހެއްގެ މައްޗައް މި މައްސަލަ ސާބިތުވުމުން ހުކުމް ކޮށްފައިވަނީ އޭގެ ތެރެއިން 2 މީހަކު 100 ރުފިޔާއިން ޖޫރިމަނާކޮށް އަނެއް މީހާ 150 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

މިދިޔަ އާދީއްތަ ދުވަހު އޭދަފުށީ ކޯޓްގައި އޮތް މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ދައުވާ ލިބޭފަރާތްތަކުން ހެކިބަސް ހުށައެޅިފަރާތެއްގެ ބަޔާން އިއްވުމާއި ދައުވާލިބޭ ހަސްމުންނާ ސުވާލުކުރުން ކުރިއަށް ގެންގޮސްފައިވެ އެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ހުށައެޅުއްވި ވަކީލާ ވަނީ ކުރިން އަޑުއެހުންތަކަށް މައްސަލާގައި ހެކިބަސްދިނުމަށް ސޯޅަ ފުލުހަކާ، އާންމުންގެ ތިންމީހެއްގެ ނަންވެސް ހުށައަޅާފައެވެ. ފުލުހުން ތަހުގީގުކޮށް ހުށަހަޅާފައިވާ މައްސަލާގައި ހެކިހުރި 28 މީހަކާ 18 އަހަރު ނުވާ ދެކުދިން މައްޗަށް ދައުވާ ކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 46ވަނަ މާއްދާގެ ފުރަތަމަ ނަމްބަރާއި ހަވާލާދީ އެގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ޣައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ދައުވާއެވެ.

ތުޅާދޫ ފަޅުފުންކޮށްދިނުމުގެ މައްސަލާގައި އެއްވެސް ހައްލެއް ހޯއްދެވުމަށް ތަސްމީނު މަސައްކަތް ކުރައްވަމުން ނުދާ ކަމަށް ބުނެ އެރަށަށް ތަސްމީނު އެރިޔަ ނުދީ ހިފެހެއްޓީ 2008 އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހު އެވެ. ތަސްމީނު ފުލުހުންގެ އެހީގައި އެރަށަށް ފައިބައި ވަޑައިގަތުމުން އެރަށުގެ ބަޔަކު އެބޭފުޅާ ގަޔަށް ވެއްޔާއި ފެންޖަހައި ރަށުން ބޭލުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

ގާނޫނުނީ އުގޫބާތުގެ 50 ވަނަ މާއްދާގައި ބުނެފައިވަނީ ޣައިރު ގާނޫނީ އެއްވުމެއްގައި އޭގެ ތެރެއިން އެންމެން ނުވަތަ ބަޔަކު ނުވަތަ މީހަކު އެއްވެސް މާނައެއްގައި އެފަދަ ކަމެއް ދައްކައިފިނަމަ އެފަދަ މީހެއްގެ އަދަބަކީ އެ މާއްދާގައި ބުނެފައިވާގޮތުން ނަމަ އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ދެއަހަރާއި އެއް އަހަރާއި ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ 4000 ރ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން.

އާދީއްތަ ދުވަހު އޮތް މި ދައުވާގެ ގެ އަޑު އެހުމަށް ދައުވާ ލިބޭ ފަރާތުގެ އެއްވެސް ވަކީލަކު ހާޒިރުވެފައެއްނުވެ އެވެ. އަދި ގަޒިއްޔާ ނިންމާލީ މައްސަލަ ނިމުނީކަމަށް އިއުލާން ކުރަމުންނެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times