ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ ލިޔުންތައް
އޭދަފުށީގައި ފުޓްބޯޅަ ކޯޗިން ކޭމްޕެއް ބޭއްވުމަށް އެފްއޭއެމްއިން ފޭލި ޖަމިއްޔާއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

އެފްއޭއެމް އިން ފޭލި ޖަމިއްޔާގެ މެންބަރުންނާއެކު މައުފާ ރެސްޓޯރަންޓްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

04 އޯގަސްޓް 2010
އޭދަފުށީގައި ފުޓްބޯޅަ ކޯޗިން ކޭމްޕެއް ބޭއްވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑްވިސް (އެފްއޭއެމް) އިން ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ ހޯމަ ދުވަހުގެ ރޭ އޭދަފުށީ މައުފާ ރެސްޓޯރަންޓްގައި ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މި ކޭމްޕު ހިންގުމުގައި އެ ޖަމިއްޔާއިން އަދި އެފްއޭއެމް އިން ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ ބެލުމަށެވެ. އެގޮތުން މި ކޭމްޕަގައި ބ. އަތޮޅުން 17 މީހުން ބައިވެރިކުރުމަށާއި އަންނަ ސެޕްޓެމްބަރުމަސް ތެރޭ ކޭމްޕް ފެށުމަށްވެސް ދެފަރާތުން އެއްބަސް ވެވިފައިވާކަމަށް ފޭލިން ބުންޏެވެ.

ފޭލިން ބުނިގޮތުގައި ފީފާ އަދި އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ތަރައްގީކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފީފާ އާއި އެފްއޭއެމް އަދި މޯލްޑިވްސް އޮލިމްޕިކު ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. އަދި މިއީ މި ކޯހުގެ ބުރެއް އޭދަފުށީގައި ބާއްވައިދިނުމަށް 2009 ވަނަ އަހަރު ފޭލި ޖަމިއްޔާއިން އެފްއޭއެމްއަށް ހުށަހެޅުއްވުމާއި ގުޅިގެން އޭދަފުށީގައި ބާއްވަން ހަމަޖެހުނު ކޯހެއްކަމަށްވެސް ފޭލި ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

މި ބައްދަލުވުމުގައި އެފްއޭއެމްގެ ފަރާތުން ބައިވެރިވެވަޑައިގަނެނަވީ އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރު މައުރޫފު އަހުމަދާއި ވައިޑިޕީ ކޯޗު އަހުމަދު ނާސިރެވެ. މި ބޭފުޅުން ވަނީ އޭދަފުށީ ފުޓްބޯޅަ ދަނޑުގެ ހާލަތުވެސް ބައްލަވާލައްވާފަ އެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މިފަދަ ކޭމްޕެއް ބޭއްވުމުގައި ޒުވާނުންނަށް ބާރުދިނުން ފެނޭ. މިހާރު ފޭލި ހިސޯރުކޮށްގެން އުޅޭ ދެތިންމީހުން ދުރުކޮށްފިނަމަ ޒުވާނުންގެ އެއްބާރުލުން ލިބޭނެ. އަދި ކުރިން މުބާރާތްތައް އިންތިޒާމުކުރުމުގަ އުޅުނު މުސްކުޅިން މިކަމުގައި ނުބައްސާނެކަމަށް ހީކުރަން.. ބޮޑޭީ
08.08.2010
މަރުހަބާ
06.08.2010
ތިޔަ ކަން ކުރަނ ލީޑުސް ނުވަތަ ރީޑްސް އަށް ދީ.............
05.08.2010
އެމް ޑީ ޕީ ވެރިކަމަށް އަޔަސް ހުރިހާކަމެއްމިމީހުންނަށް، ޑީ އާރ ޕީ ދުވަސްވަރުވެސް ހުރިހާ ކަމެއް މިމީހުންނަށް މީ ހަމަ އަޖައިބެއް ، ކިހިނެއް ތިހަދަނީ ހޮޓާ ތަކުގައި ދައްކާ ވާހަކައާއި ދިމައެއްނުވޭންނު ނސރ އެހެންނު.
05.08.2010
މި އާ ދައުރުގައި މަބްރޫކް ތިޔަ ފެށީ ދެވަނަ ހަރަކާތް. އާ ހިންގާކޮމެޓީއަށް ބާއްޖަވެރިކަން. ފޭލިން ތިޔަކުރަނީ ހާދަބޮޑެތިކަންތަކޭ. ތިޔަކޯހަކީ މިރަށަށް ހާދަ ބޭނުންކޯހެކޭ. ފަހަކަށް އައިސް ފޭލި އޮތީ ފޭލިވާހެން ހީވެފައެވެ.
04.08.2010
މަބްރޫކް އައް މަރުހަބާ. ކަންކަމުގައި އިސްނެންގެވުމުގެ ލާމަސީލް ނާމޫނާއެއް !!
04.08.2010
މަރްހަބާ މަބްރޫކް.....
04.08.2010
ވަރަށް ރަގަޅު ކަމެއް ގައި ފޭލިން ތި މަސްވަރާކުރީ.
04.08.2010
އެހެންނާއެތަނުގައި ތިބެނީ ވެސް އެމީހުންތާ، ހިތްފަޅައިގެން ދިޔައީމައި ދެއްކޭނީ ވެސް ތިކަހަލަ ވާހަކަ، މިހާރަކު ތިކަހަލަ ވާހަކަ ތަކެއް މިރަށުމީހުން ގަބޫލެއްނުކުރާނެ. ދެން ސޮއިކުރުމުގެ ރަސްމިއްޔާތަށް އިންތިޒާރުކޮށްލާ، މިއީވެސް ހަމަ އަހަރެމެންގެ ވެރިކަމޭ ފޮޓޯ އަށް ބަލާލީމާވެސް އެކަންއެގޭދޯ .... ސޮރީ
04.08.2010
ތިއީ ފޭލީގެ ސަބަބުން ވީކަމެއް ނޫން ....އެހެން ނޫނީ ކޮބާ މިހާރު ފުޓްބޯޅަ މުބާރާތެއްވެސް ބާއްވަނީ ކީ ނޫނެއްނު....ތިހަގީގަތް އޮޅުވާލަނީ ...ތީހަމަ އޭދަފުށީގެ ފަސްޓް ޑިވިޝަނުގައި ތިބި އޭދަފުށީ ކުޅުންތެރިންގެ ސަބަބުން ވީކަމެއް....
03.08.2010
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times