ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ ލިޔުންތައް
އިންޓަނެޓް ވިޔަފާރި - އޭދަފުށީގައިވެސް ކުރިއަރަމުން އަންނަ ވިޔަފާރިއެއް

މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

-

19 ޖެނުއަރީ 2010
ކުރިއަރަމުން ދުނިޔެއާއެކު މި ކުޑަކުޑަ ދިވެހިރާއްޖެވެސް ދަނީ ކުރިއަރަމުންނެވެ. އިންސާނީ ވަސީލަތްތަކަށް އިންގިލާބެއް ގެނައި ޓެކްނޮލޮޖީގައި ފައިތިލަ ސާބިތު ކުރެވޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޓަނެޓަކީ މިހާރު އެއާ ނުލައި ދިރިއުޅުން ފުރިހަމަ ނުވާ ޓެކްނޮލޮޖީއެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.

އިންޓަނެޓު ތައާރަފްވެ ގިނަދުވަސް ތަކެއް ވަންދެން އޭދަފުށީ މީހުންވެސް އިންޓަނެޓް ބޭނުންކުރަމުން އައީ މައުލޫމާތު ލިބިގަތުމާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުން ފަދަ ކަންކަމަށެވެ. ނަމަވެސް ދުނިޔޭގައި ފުޅާދާއިރާއެއްގައި އިންޓަނެޓް ވިޔަފާރި ކުރަމުން ދާއިރު މިރަށުގައިވެސް މިހާރު އިންޓަނެޓުން ވިޔަފާރި ކުރުން ވަނީ ވަރަށް އާއްމު ވެފައެވެ. ކޮމްޕިއުޓަރު ކުރިމަތީގައި ގޮނޑީގައި ލެގިލައިގެން އިނދެ ބޭނުން ފިހާރަޔަކަށް ވަދެ، އެކަތި އަނެކެއްޗާ އަޅާ ކިޔައި ބެލުމަށްފަހު އިންޓަނެޓުން މުދާ ގަތުމަކީ އެތައް ގޮތަކުން މުދަލުގެ ފެންވަރު ރަގަޅުވެ އަގުހެޔޮކޮށް މުދާ ގަނެވޭ ގޮތެއް ކަމުގައި އިންޓަނެޓުން ވިޔަފާރި ކުރާ މީހުން ބުނެއެވެ.

އޭދަފުށީ ޕޯސްޓް އޮފީހުން ބުނީ އިންޓަނެޓުން މުދާ ގަންނަ ފަރާތްތައް މިރަށުގައި ދުވަހެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ.

އިންޓަނެޓުން ވިޔަފާރީގެ ވާހަކަ ދައްކަމުން އަންނަ އިރު އިންޓަރނެޓު މެދުވެރިކޮށް ވިޔާފާރި ކުރަނި ކިހިނެއްތޯއާއި އެއީ ކިހާވަރެއްގެ ކަމެއްތޯ ވެސް ބަލައިލަން ޖެހެއެވެ.

"ވަރަށް ފަސޭހަކަމެއް. ރާއްޖެއިން ގަންނަން ލިބޭ ވަރަށް ވުރެ މާ އަގުހެޔޮކޮށް ލިބޭ. ހަމަ އެކަނި ކުރަންޖެހޭ ކަމަކީ ޕޭޕަލް އެކައުންޓެއް ހުޅުވާލުން. އަދި އީބޭ ފަދަ ނެޓްވޯކަކުން ވިޔަފާރި ކުރާނަމަ ރަޖިސްޓްރީވުން." އިންޓަނެޓުން އީބޭ އިން ވިޔަފާރި ކުރާ ރައްޓެއްސަކު ބުންޏެވެ.

އޭނާ އިތުރަށް ބުނީ ރަޖިސްޓްރީ ކުރާއިރު ފުރިހަމަ މައުލޫމާތާއި ޕޯސްޓަލް އެޑްރެސް ބަރާބަރަށް ޖަހަން ޖެހޭނެ ކަމަށާއި އެހެން ނޫންނަމަ ޕޯސްޓުން ގެންނަ އެއްޗެއް ނުލިބޭނެ ކަމަށެވެ. އަދި ޕޭޕާލް ފަދަ އިތުބާރު ކުރެވޭ ނެޓްވޯކަކަށް ނޫނީ އެއްގޮތަކަށް ވެސް ކްރެޑިޓް ނަންބަރ، ބެންކް އެކައުންޓް ނަންބަރ ދީގެން ނުވާނެ ކަމަށެވެ.

"ކްރެޑިޓް ކާޑް ނަންބަރ، ބެންކް އެކައުންޓް ޕޭޕަލް ފަދަ އިތުބާރު ކުރެވޭ އޮންލައިން ޕޭމެންޓް ހެދޭ ތަނަކަށް ނޫނީ ދިނުމަކީ ވަރަށް ދެރަ ކަންތައް ދިމާވެދާނެ ކަމެއް. ޕޭޕަލް އަކީ ދުނިޔޭގައި ވަރަށް ޓްރަސްޓެޑް އޮންލައިން ޕޭމަންޓް ނެޓް ވޯކެއް."

މިގޮތަށް އަލަށް ފަށައިގަންނަ ފަރާތްތަކުން މިކަމުގައި ތަޖްރިބާ ހުރި ފަރާތްތަކުގެ މަޝްވަރާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މިހާރު އޭދަފުށި މީހުން ފުޓުބޯޅަ ބޫޓުވެސް ގެންނަނީ ނެޓްތުރޫކޮންނޯ
22.01.2010
އޭދަފުށި ދެން އެއީ ހުރިހާ ކަމަކުންވެސް ކުރި އަރާފައި ވާ ކުޑަކުޑަ ގައުމެއްނު ދޯ
20.01.2010
ތުޅާދޫ މީހުން ވަރަށް ގިނައިން މި ވިޔަފާރި ކުރެ ޔޯ
20.01.2010
އީޓީނޫސް އެކަށީގެންވާ ފެންވަރެއްގައި ކުރިއަށް ދޭތޯ ސާވޭއެއް ކޮއްބަލަ؟ ހީވަނީ ވަރަށް ދަށުގަހެން އީޓީ އުޅެނީ.
20.01.2010
މާޅޮހު މީހުން މިވިޔަފާރި ކުރޭތޯ ނުކުރޭތޯ ބަލާކަށް ނުޖެހޭނެ ދޯ....ކޮންމެހެން ނުޖެހޭނެ މާޅޮހު މީހުން ވިޔަފާރި ކުރާގޮތް އީޓީ މެދުވެރިކޮށް ހާމަ ކުރާކަށްވެސް.... އެކަމަކު އިނގޭހާވެސް އެއްޗަކީ، އޭދަފުށީ މީހުންނަށް ވުރެ މާޅޮހު މީހުން މުއްސަދިވާނެކަން.... މިކަމާ އޭދަފުށީ މީހުން (ޖޭ) ވާނެކަންވެސް އިނގޭ... އެކަމަކު ކީއްކުރާނީ ދޯ.... ހަމަ ތިބެން ޖެހޭނީ.... ހަހަހަހަހަހަހަހަ (ވައު ކާ އެއްޗެހި)
19.01.2010
ޕޮލިސް ސޓ ވަރަށް މޮޅުވާނެ ފުރަތަމަ ގެނައީ 5 ބޮކްސާ ޔޯ
19.01.2010
މާޅޮހުމީހުން ނުކުރޭތަ މި ވިޔާފާރިއެއް؟؟؟
19.01.2010
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times