އަންނަ އަހަރުން ފެށިގެން ޓޫރިޒަމް ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުވަނީ

އަންނަ ޖެނުއަރީ މަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުވާނެ އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުވި ނަމަވެސް އާއްމު ވިޔަފާރިއާއި ހިދުމަތްތަކުން ނަގާ ޖީއެސްޓީ އަށް ބަދަލެއް ނާންނާނެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގެ ތެރެއިން 24 ގަޑިއިރު ވިޔަފާރިކުރާ ފަރާތެއް ނަމަ، ޖެނުއަރީ ،1 2013ގެ 00: 00ގެ ކުރިން ދޭ ހިދުމަތްތަކުން ނަގަންވާނީ ޖީއެސްޓީގެ ގޮތުގައި ހަ ޕަސެންޓް ކަމަށެވެ. ނަމަވެސް އޭގެ ފަހުން ނަގަންވާނީ 8 ޕަސެންޓް ކަމަށް އެ އޮތޯރިޓީން ނެރުނު ރޫލިންއެއްގައި ބުނެފައިވެ އެވެ.

މީރާއިން ބުނީ ޖީއެސްޓީ ނެގުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ޖީއެސްޓީ ދެއްކުމުގެ ޒިންމާއިން އެއް ކިބާވުމުގެ ނިޔަތުގައި ނުވަތަ ޓެކްސް ދެއްކުމުން ރެކުމުގެ ނިޔަތުގައި ވަކި ވަގުތެއްގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދީގެން ނުވަތަ އެ ނޫންވެސް ގޮތަކަށް އެއްވެސް މުއާމަލާތެއްކޮށްގެން ނުވާނެ ކަމަށެވެ. ޓެކްސް އިންވޮއިސް ތައްޔާރުކޮށްފައި ވަނީ ނުވަތަ މުއާމަލާތެއްގެ އަގު ނުވަތަ އެއިން ބައެއް ލިބިފައި ވަނީ ޖީއެސްޓީ ނެގޭ ރޭޓް ބަދަލުވުމުގެ ކުރިން ކަމަށް ވެފައި، އެ މުއާމަލާތް ކޮށްފައި ވަނީ އެ ފަރާތުން އަމަލުކުރާނެ އާއްމު އުސޫލާ ތަފާތުކޮށް ކަމަށްވާ ނަމަ، ރަޖިސްޓްރީކޮށްފައިވާ ފަރާތުން ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާ ވަނީ ކަމަށް ބެލެވޭނެ ކަމަށް މީރާ އިން ބުންޏެވެ.

މީރާއިން ބުނީ އެ ރޫލިންއަށް އަމަލުކުރަން ޖެހޭނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްދޭ ފަރާތްތަކުން އެކަނި ކަމަށެވެ. އަދި އެ ރޫލިންއަށް އަމަލުކުރަން ލާޒިމްވާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ދައުލަތަށް އެންމެ ބޮޑު އާމްދަނީ ލިބޭ އެއް ދާއިރާއަކީ ޓޫރިޒަމް އެވެ. އަދި ޓޫރިޒަމް ދާއިރާއިން ލިބޭ ޖީއެސްޓީ އިތުރުވުމުން އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.