ތުޅާދޫ ހިއްކިބިމުން މިއަހަރު ގޯތި ދޫކުރެވޭވަރުވާނެ: ތުޅާދޫ ކައުންސިލް

ބ. ތުޅާދޫ ހިއްކި ސަރަހައްދު. ހިއްކި ބިމުން މިއަހަރުގެ މެދުތެރޭގައި އާންމުކޮށް ގޯތިދޫކުރަން ފެށޭވަރުވާނޭކަމަށް ތުޅާދޫ ކައުންސިލުން ބުނޭ–/ އީޓީ ފައިލް ފޮޓޯ

ބ. ތުޅާދޫ ފަޅުން ހިއްކާފައިވާ ބިމުން މިއަހަރުގެ މެދުތެރޭގައި އާންމުކޮށް ގޯތިދޫކުރަން ފެށޭވަރުވާނޭކަމަށް ތުޅާދޫ ކައުންސިލް އިދާރާއިން ބުނެފި އެވެ.

 ތުޅާދޫ ކައުންސިލް އިދާރާއިން ބުނީ، 2010 ވަނަ އަހަރު ސަރުކާރުން، އެރަށު އިރު ދެކުނުފަރާތު ފަޅުން ހިއްކާފައިވާ 17 ހެކްޓަރުގެ ބިމުން ގޯތި ދޫނުކުރެވި ލަސްވެފައިވަނީ ސަރުކާރުން އެ ބިން ކައުންސިލާ ހަވާލުކުރުން ލަސްވުމާއި އަދި އިދާރީ އެހެނިހެން ކަންކަމުގައިވެސް ދަތިތަކެއް ދިމާވެފައިވާތީ ކަމަށެވެ.

ތުޅާދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ ރަޝީދު މިއަދު އީޓީއަށް ވިދާޅުވީ ގޯތިދޫކުރުން ލަސްވާތީ އާންމުން ޝަކުވާ ކުރާކަމަށާ، އެހެންނަމަވެސް ކަންކަން ރޭވިފައިވާ ގޮތަށް ދާނަމަ މިއަހަރުގެ ޖުލައިމަހާ ހިސާބުގައި ގޯތިދޫކުރަން ފެށޭނެކަމަށެވެ.

“ބިން ހަވާލުވިނަމަވެސް އަލަށް އާބާދުވާ ސަރަހައްދެއްވީމަ ގޯތި ދޫކުރާއިރު ގޭގެއަށް ކަރަންޓާ، ނަރުދަމާ ކަހަލަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ހަމަޖެހެން އެބަޖެހޭ. އެކަންކަން މިހާރު މިދަނީ ބަލަމުން. ގޯތިދޫކުރުން ލަސްވާތީ ޝަކުވާތައް ދޭތެރެދޭތެރެއިން ލިބޭ. އެހެންނަމަވެސް ލަފާކުރެވޭ މިއަހަރު މެދުތެރޭގައި ގޯތި ދޫކުރަން ފެށޭނެކަމަށް” ރަޝީދު ވިދާޅުވި އެވެ.

 އަބްދުﷲ ވިދާޅުވީ ގޯއްޗަށް އެދޭ ފަރާތްތަކަށް 2010 ވަނަ އަހަރު ފުރުސަތު ހުޅުވާލުމާއެކު 800 އަށްވުރެ ގިނަފަރާތުން އެ އިދާރާއަށް ފޯމް ލާފައިވާކަމާއި އެހެންނަމަވެސް މިފަހަރު ދޫކުރަން ހަމަޖެހިފައިވަނީ 142 ގޯތިކަމަށެވެ. އަދި ގޯތި ދޫކުރާނީ ކައުންސިލުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެންމެ ބޮޑަށް އެކަމަށް މިވަގުތު ދަތިވެފައިވާ ފަރާތްތަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

2700 އަށްވުރެ ބޮޑު އާބާދީއެއްއޮތް ތުޅާދޫގެ ބޮޑުމިނުގައި ކުރިން ހުރީ ގާތްގަޑަކަށް 8 ވަރަކަށް ހެކްޓަރެވެ. ބިންދަތިވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން 2000 ވަނައަހަރުވެސް އެރަށުފަޅުން ބައެއް ހިއްކައި ގޯތިދޫކޮށްފައިވެ އެވެ.

 

 

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Avatar
    iIbu

    ހުދުފޮށާ ތިރަށަކީ ފަޅުރަށެއްތަ؟ހެހެހޭ…… ތިބުނާ އެމްޑީޕީ ސަރުކާރުން ތިރަށަށް ކޮއްދިނީފަހެކޮންކަމެއް ބޮލުފޮށާ ހުދުފޮށާ ބުނެބަލަ؟ އެމްޑީޕީ ސަރުކާރު އޮތްއިރު އެ މައްސޫރު އޭދަފުށީ މީހުންނޫޅެ އެސަރުކާރުގަ އާދޭސްކޮއްގެން ކަމެއްކުރުވާކައް ނުވެސްއުޅޭނެ!!…… ހުދުފޮށާ ބޮލުފޮށާ ކަޅުފޮށާ ދެން ބޮލުގައަޅާއިގެން އެމްޑީޕީ ސަރުކާރެއް ވެރިކަމަށް އަންނާނެކަމަށް ހުދުފޮށާ ލައިގެން ނިދާލާ ހޮހޮހޯ…..3 އަހަރުދުވަސް ވެރިކަންކުރިއިރު އޮތް ރަށެއްކަންވެސްނޭންގުނީތީ އަހަރެންހަމަ ހައެރާންވެއްޖެ ބޯހަލާކު މި ހުދުފޮށާމެންނާހުރެ ކޮންދުވަހަކުންބާވިސްނޭނީ ބޮލާ ފޮށާމެންނައް…..

    ރައްދު
  2. Avatar
    Hithaadho ހުދުފޮށާ

    ވަހީދު އޭދަފުށީ މީހުންނަށް ދަޅަދައްކަނީ… ދެންވެސް އޭދަފުއްޓަށް ކަމެއް ކޮށްދިނިއްޔާ ކޮށްދޭނި އެމްޑީޕީން ސަރުކާރު ހިންގި ދުވަހަކަުން … އޭދަފުށީ މީހުން ވިސްނަބަލަ މިއަހަރު…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.