ކަރަންޓީނުގައި ތިބި މީހުންނަށް ގޮއިދޫން ރޯދަ ވީއްލުމެއް ދީފި

ބ. އަތޮޅުގައި ކަރަންޓީނު ފެސިލިޓީއެއް ގޮތުގައި ބޭނުން ކުރަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައިވާ މީހުންނަށާއި އެ ފެސިލިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މީހުންނަށް ގޮއިދޫ ރައްޔިތުންގެ ފަރާތުން ރޯދަ ވީއްލުމެއް ދީފި އެވެ.

ގޮއިދޫ ރައްޔިތުންގެ ނަމުގައި ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނަށް ރޯދަ ވީއްލުން ހަދިޔާ ކުރީ ގޮއިދޫގެ  އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީންނެވެ. ރޯޔަލް ކަރަންޓީނު ފެސިލިޓިގައި މިވަގު 270 އެއްހާ މީހުން އެބަތިއްބެވެ.

ނިޒާމު ވިދާޅުވީ އެރަށު ކޮންމެ ގެއަކުން ކަހަލަ ގޮތަކަށް މި ރޯދަވީއްލުމަށް ތަކެތި ހަދިޔާ ކުރި ކަމަށެވެ.

އެ ޖަމިއްޔާގެ ރައީސް ހުސައިން ނިޒާމް މިއަދު ވިދާޅުވީ ރޯދަވީއްލުން ދިނުމުގެ ބޭނުމަކީ ކޮވިޑް-19 ފެތުރޭތީ ކުރިމަތިވެފައިވާ ދަތިކަން ތަހައްމަލް ކުރަމުންދާ ފަރާތްތަކާ އެކު ގޮއިދޫ ރައްޔިތުން ވެސް ތިބިކަން ހާމަކޮށްދިނުން ކަމަށެވެ.

ރޯޔަލް ކަރަންޓީނު ފެސިލިޓީއަށް ރޯދަމަހު އެކި ފަރާތްތަކުން އަންނަނީ ތަފާތު އެހީތައް ވަމުންނެވެ. އެގޮތުން މިއަތޮޅު ހިތާދޫ ރައްޔިތުންގެ ފަރާތުން ތަރާވީހެއް ދީފައިވާއިރު، ރ ފައިނު ރައްޔިތުންގެ ފަރާތުން ވަނީ ބައި ޓަނު ކަރާވެސް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން މާޅޮސް އާއި ތުޅާދޫން ވެސް ވަނީ ރޯޔަލް ކަރަންޓީނު ފެސިލިޓީއަށް ރޯދަ ވީއްލުމެއް ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.