މާޅޮހުގައި ގިނަ އަދަދެއްގެ ބަނބުކެޔޮ ގަސް އިންދައިފި

ބ. މާޅޮސް އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމެންޓް (މޭސްގެ)ގެ ފަރާތުން އިސްނަގައިގެން އެ ރަށުގައި މިއަދު ގިނަ ބަނބު ކެޔޮ ގަހާއި ރުއް އިންދައިފި އެވެ.

މޭސް ޖަމިއްޔާއިން މާޅޮހުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ރުއް ގަސް އިންދުމުގެ ޕްރޮގްރާމަކީ ރަށު ކައުންސިލާއި ރައްޔިތުންނާއި ގުޅިގެން ފެށި ޕްރޮގްރާމެއް ކަމަށާއި މި ހަރަކާތުގައި ގިނަ އަދަދެއގެ ރައްޔިތުން ބައިވެރިވި ކަމަށެވެ.

މިޕްރޮގުރާމްގެ މައިގަނޑު މަޤުޞަދަކީ ކޮވިޑް-19ގެ ސަބަބުން ގައުމު މިއޮތްފަދަ ހާލަތަކަށް މާދަމާވެސް ތައްޔާރު ވުމުގެ ގޮތުން ދުރާލާ ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެއްކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މާޅޮހުގައި މިއަދު ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ޕްރޮގްރާމުގެ ތެރެއިން

އެގޮތުން ރަށުގެ އެކި ސަރަހައްދު ތަކުގައި ޖުމަލް 100 ރުއްގަސް އިންދާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މާޅޮހުގައި މިއަދު ގިނަ އަދަދެއްގެ ބަނބުކެޔޮ ގަސް އިންދާފައި މިވަނީ، ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް މިއަހަރުގެ ތެރޭގައި ކައުންސިލްތަކުން ފުރިހަމަކުރަންޖެހޭ ގޮތަށް ސަރުކާރަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމާފައިވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.