ބ. އަތޮޅު ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި

ބ. އަތޮޅުގެ ފަސް ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވައިލި ބީލަމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުން މިއަތޮޅުގައި މަސައްކަތްކުރަން ހަމަޖެހިފައި ވަނީ ދޮންފަނާއި ކުޑަރިކިލާއި ކިހާދޫ އަދި ފުޅަދޫގަ އެވެ. މީގެ އިތުރުން ދެން ކ.ތުލުސްދޫ އާއި ނ.ލަންދޫ އާއި ނ.މިލަދޫ އާއި ނ.މަގޫދޫ އާއި ށ.ނޫމަރާއި ށ.ބިލަތްފަހީގައި ގާއިމުކުރަން ހަމަޖެހިފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫއު ވެސް ހިމެނެއެވެ.

ފިނޭސް މިނިސްޓްރީން ބުނީ މި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ ޑޮކިއުމަންޓް ވިއްކުމުގެ މުއްދަތު އިތުރު ކުރަން ނިންމީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމާއި ގުޅިގެން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އެންޑް އިންފްރާސްޓްރަކްޗާގެ އެދުމުގެ މަތިންކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ދައްކަންޖެހޭ ރަޖިސްޓްރޭޝަން ފީ ބަލައިގަތުން ކުރިއަށް ދާނީ (އޮންލައިންކޮށް) އަންނަ އޯގަސްޓް މަހުގެ 9 އާ ހަމައަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.