ކޮވިޑް-19: އޭދަފުއްޓަށް ޕީސީއާރު މެޝިން ހޯދަނީ

ކޮވިޑް-19 ޖެހިފައި ހުރިތޯ ބަލަން ޕީސީއާރު ޓެސްޓްކުރާ މެޝިންތައް ބ. އޭދަފުއްޓާއި ހދ. ކުޅުދުއްފުއްޓާއި އައްޑޫއަށް ހޯދަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހުމަދު ވިދާޅުވީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތައް ކޮވިޑް-ރެސްޕޮންސް އަށް ތައްޔާރު ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެ ތިން ރަށަށް ޕީސީއާރު މެޝިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަޔާޒް ވިދާޅުވި ގޮތުގައި ޕީސީއާރު މެޝިން ބަހައްޓަން ހަމަޖެހިފައިވާ ތިން ހޮސްޕިޓަލުގެ ތެރެއިން ކޮންމެ ހޮސްޕިޓަލަކުން ވެސް ދެ ލެބް ޓެކްނީޝަނުން، އެ މެޝިން އޮޕަރޭޓްކުރަން ތަމްރީނުކޮށް މިހާރު ވަނީ ނިމިފަ އެވެ.

ނަވާޒު ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑަށް ހާއްސަކޮށްގެން ގާއިމްކުރާ ފެސިލިޓީތަކުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށާއި އެ ތަންތަނަށް ބޭނުންވާ އިކުއިޕްމެންޓް ވެސް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެ ތަންތަނުގައި ފަރުވާދޭނެ އުސޫލުތައް ކަނޑައަޅައި، އިތުރު ތަމްރީނު ދޭން ޖެހޭ ޑޮކްޓަރުން ތަމްރީނު ޕްރޮގްރާމް އަންނަ ހަފްތާގައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑަށް ޙާއްސަކޮށްގެން ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރި ފެސިލިޓީގައި އައިސީޔޫ 20 އެނދާއި 37 އައިސޮލޭޝަން އެނދު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.