ބ. އަތޮޅު ރައްޔިތުންނަށް ޚާއްސަ މެޑިކަލް ކޭމްޕެއް!

ބ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން އަންނަ ހަފްތާގައި އޭދަފުށީގައި މެޑިކަލް ކޭމްޕެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ މިކޭމްޕް އޮންނާނީ ޖުލައި 5 އަދި 6 އަށް އެ ހޮސްޕިޓަލުގަ އެވެ.

އެ ކޭމްޕްގައި ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އާމިރު އިސްމާއިލް އާއި ނަފްސާނީ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ޑރ. މަހުމޫދު މުހައްމަދު ބައިވެރިވެ އެވެ.

މި ކޭމްޕަގައި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން މިއަދު މެންދުރު 2:00 ން ފެށިގެން ބ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6608309 އާ ގުޅުއްވާ ނަންނޯޓް ކުރުމަށް އަތޮޅު ހޮސްޕިޓަލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.