ބ. އަތޮޅުގައި ހަދަމުންދާ ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގަނީ

ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ރަހީނުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ހަމަނުޖެހުން ހިންގަނީ މުސާރަ ނުލިބި ލަސްވެގެން ކަމަށްވެ އެވެ.

ބިދޭސީންނާއި އެރަށަށް ތުޅާދޫން ދިޔަ ދިވެހިންނާއި އަދި ފުލުހުންނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުންނަށް ދަނީ ބޯޑެތި އަނިޔާތަކެއް ލިބެމުން ތުޅާދޫ ސިއްހީ މަރުކަޒުގަ އާއި ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މީގެ ތެރެއިން ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނު ފުލުހަކުވެސް ދެންމެ ވަނީ ބ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

ފުލުހުން ބުނީ، ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުންތަކެއް، ދިވެހި މުވައްޒަފުންތަކެއް އެ ރަށުން ފޭބިއަ ނުދީ ހިފަހައްޓަައި ހަމަނުޖެހުން ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

 އެނގިފައިވާގޮތުން ޅ. އަތޮޅުން ވެސް މިހާރު އެސްއޯ ފުލުހުން ދަނީ އެރަށަށް ދިއުމަށް ދަތުރު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.