ހޯމް ކަރަންޓީނުކުރި 79 މީހެއްގެ ސާމްޕަލް ނެގެޓިވް

ބ. އަތޮޅުގައި ހޯމް ކަރަންޓީނުކުރި މީހެއްގެ ސާމްޕަލް ނަގަނީ– ފޮޓ÷/ޕީއެސްއެމް

 މާލެއިން ބ. އަތޮޅަށް ހޯމް ކަރަންޓީނަށް އައިސްތިބި މީހުންގެ ތެރެއިން 79 މީހެއްގެ ސާމްޕަލް ނެގެޓިވް ވެއްޖެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ހޯމް ކަރަންޓީނުގައި މިއަތޮޅުގައި 115 މީހުން އެބަތިބި ކަމަށާއި އޭގެ ތެރެއިން ޓެސްޓްކުރި 79 މީހުންގެ ސާމްޕަލް ނެގެޓިވް ވުމުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބާކީ ތިބި 36 މީހުންގެ ސާމްޕަލްވެސް މިހާރު ނަގާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެގޮތުން އޭދަފުށިން 2، ފެހެންދޫން 1، އަދި ހިތާދޫން 3 މީހެއްގެ ސާމްޕަލް ޓެސްޓްކުރުމަށް މާލެ ފޮނުވާފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، އެ ފަރާތްތައް ކަރަންޓީނުން ދޫކޮށްލާނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވްވުމުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި އެ ތަނުގައި ގާއިމުކުރި ކޮވިޑް ސެންޓަރުން ޓެސްޓް ހެދުމަށް ތައްޔާރުވަމުން އަންނައިރު، ޓެސްޓް ހަދަން ފެށެނީ އެކަމަށް މީހަކު ތަމްރީން ކުރުމަށްފަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.