ދަނޑުވެރިކަން ދަސްކޮށްދޭން ސޮނޭވާ އިން އޮންލައިން ކޯހެއް ތައާރަފުކޮށްފި

ދަނޑުވެރިކަން ދަސްކޮށްދޭން ސޮނޭވާ އިން އޮންލައިން ކޯހެއް ތައާރަފުކޮށްފި އެވެ.

ސޮނެވާއިން ބުނިގޮތުގައި ޖަޒީރާ މާހައުލެއްގައި ކާނާ ހައްދަން ދަސްކޮށްދިނުމަށް “އޯގަނިކް ޓްރޮޕިކަލް ގާޑެނިން” ގެ ނަމުގައި ތައާރަފުކުރި މި ކޯހަކީ ކުޑަ ބެލްކަންޏެއްގައި، ގޭގެ ބަގީޗާގައި ނުވަތަ ބޮޑު ދަނޑެއްގައި ނަމަވެސް، އަލަށް ކާނާ ހައްދަން ދަސްކުރަން ބޭނުންވާ މީހުންނަށް ޚާއްސަ ކޯހެކެވެ.

ބ. މާޅޮސް، ކިހާދޫ، ދަރަވަންދޫ، ސޮނެވާ އަދި ކޮމަން ސީސް ގުޅިގެން ހިންގާ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ތެރެއިން ތައްޔާރުކޮށްފައިވާ މި ކޯހުގެ 10 ވީޑިއޯ އެޕިސޯޑު މިހާރު ވަނީ ފޭސްބުކްގައި އާންމުކޮށްފަ އެވެ.

This episode will guide you through germinating seeds in trays and when to plant them out into beds or pots….

Posted by Soneva Namoona on Sunday, 5 July 2020

ބ.އަތޮޅުގައި އޮންނަ ސޮނެވާފުށީގައި ނަގާފައިވާ އެ ވީޑިއޯތަކުގައި ގަސް ހައްދަން ސަރަހައްދެއް ތައްޔާރުކުރާނެ ގޮތާއި ގަސް އިންދުމުގައި އަމަލުކުރާނެ ގޮތްތަކާއި ދަނޑު ބަލެހެއްޓުމާއި ތަރުކާރީ ކަނޑާނެ ގޮތުގެ މައުލޫމާތުގެ އިތުރުން ހައްދާ ތަރުކާރީގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ކިޔައިދެ އެވެ.

ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީ ވިދާޅުވީ، އުންމީދަކީ މި ޓިއުޓޯރިއަލްތަކާ އެކު ފައިދާ ހުރި ކާނާ އުފެއްދުމަށް ގިނަ ބަޔަކު ދަސްކޮށް އެކަން އަމަލީ ގޮތުން ކުރުން ކަމަށެވެ.

ދަނޑުވެރިކަމުގެ މި ހާއްސަ ކޯހުގައި ޕޮޓުގައި ގަސް އިންދުމާއި ދަނޑު ބެލެހެއްޓުމާއި ތަރުކާރީ ކެންޑުމާއި ޕެސްޓް ކޮންޓްރޯލް ކުރުމާއި ބިންގަނޑު ހެއްދުމުގެ މައުލޫމާތުތައް ކިޔައިދޭނެ އެވެ.

ސޮނެވާފުށީގެ ވޭސްޓު-ވެލްތު މެނޭޖަރު ޖަސްޓިން ރޮބަޓްޝޯ ވިދާޅުވީ، ކާއެއްޗިއްސަކީ ހަށިގަނޑަށް ފައިދާހުރި ކާނާ ކަމުގެ ޔަގީންކަން ލިބޭނެ އެއް ގޮތަކީ ކާތަކެތި އަމިއްލައަށް ހެއްދުން ކަމަށާއި ތިމާވެއްޓާ އޮންނަ ގުޅުން މިކަމުން ބަދަހިވާނެ ކަމަށެވެ.

ދަނޑުހެއްދުމާ ބެހޭގޮތުން ސޮނެވާގެ ޓީމާ ސުވާލުކުރަން ބޭނުންވާ މީހުންނަށް ފޭސްބުކް އާއި އިންސްޓަގްރާމް މެދުވެރިކޮށް އެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.