އިންޑިޔާގެ ދީލަތި އެހީ ފެހެންދޫ ދަރިވަރުންނަށް

ބ. ފެހެންދޫ ދަރިވަރުންނަށް އިންޑިއާ ސަރުކާރުން ހަދިޔާކުރި ފެރީ، އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވީރު ހަވާލުކޮށްފި އެވެ.

އިއްޒުއްދީން ފާލަމުގައި ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ފަރާތުން މި ސްކޫލް ފެރީއާ ހަވާލުވެވަޑައިގަތީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިއާޒެވެ. މި ފެރީ ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރެވެ.

މި ފެރީ ހަވާލުކުރުމުގެ ކުރިން، ފެހެންދޫ ދަރިވަރުން ބޭނުންކުރަމުން ދިޔައީ ހިޔާނުކޮށް އޮންނަ ކުޑަ ޑިންގީ އެކެވެ. އެ ރަށުގެ އާބާދީ ކުޑަވުމުން އެ ރަށު ސްކޫލުގައި ކިޔަވައިއެއް ނުދެ އެވެ. ފެހެންދޫ ދަރިވަރުން ކިޔަވަން ދަނީ، އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދު އަށެވެ.

މިއީ، އިންޑިއާ އިން ރާއްޖެ އަށް މިދިޔަ އަހަރު ހަދިޔާ ކުރި 106 މިލިއަން ރުފިޔާ ގްރާންޓުން، 2.5 މިލިއަން ރުފިޔާ ހޭދަކޮށްގެން ބަނދެފައިވާ ފެރީ އެކެވެ.

ފެރީ ހަވާލުކުރި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މި ފެރީއާ އެކު އެ ރަށު ދަރިވަރުންނަށް ތައުލީމު ހާސިލްކުރަން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ ކަމަށެވެ.

ފެހެންދޫ ދަރިވަރުންނަށް ފެރީއެއް ހަދިޔާކުރީތީ އިންޑިއާ ސަރުކާރަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

އިންޑިއާ ސަފީރު ސަންޖޭ ސުދީރު މި ރަސްމިއްޔާތުގައި ވިދާޅުވީ، ފެހެންދޫ ދަރިވަރުންނަށް މި ކަމުގައި އެހީވެވުނީތީ އުފާކުރައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.