ކެންދޫ މަގާމުފުޅު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ

ކެންދޫ މަގާމްފުޅު: ވީރާނާވާން ކައިރިވެފައި ހުރި އެތަން މަރާމާތު ކުރާނ ެބަޔަކު ހޯދަން މިހާރުވަނީ އިއުލާންކޮށްފައި – އަލީ އަފާފު | އަވަސް

ބ. ކެންދޫ މަގާމުފުޅު އިހު ހުރިގޮތަށް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އަލުން އިއުލާންކޮށްފި އެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މީގެ ކުރިން ވެސް ވަނީ އެ ކަމަށް ޝައުގުވެރިވާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ އިއުލާނަށް ބާތިލުކޮށް، އަލުން ފުރުސަތު ހުޅުވައިލީ ކަމަށް އެ މަރުކަޒުން ބުންޏެވެ.

ކެންދޫ މަގާމްފުޅު: މިއީ މި ރަށުގެ ޝަރަފެއް އެކަމަކު މިތަން ހުރީ ވީރާނާވާން ކައިރިވެފަ – އަލީ އަފާފު | އަވަސް

ކެންދޫ މަގާމުފުޅު މަރާމާތުކުރުމާ ގުޅޭގޮތުން ކުރި އިއުލާނުގައި ބުނީ އެ ބިނާ އިހު ހުރި ގޮތަށް މަރާމާތުކޮށް، އިތުރަށް ވަރުގަދަ (ރީއެންފޯސް) ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށްފުރުސަތު އެބައޮތް ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުން މާދަމާ އޮންނާނެ ކަމަށް އިއުލާނުގައި ވެ އެވެ. ކެންދޫ މަގާމުފުޅު މަރާމާތުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ ހުޅުވާލައިފަ އެވެ.

ކެންދޫ މަގާމްފުޅު: މިއީ މި ރަށުގެ ޝަރަފެއް އެކަމަކުނ ހުރީ ވީރާނާވާން ކައިރިވެފަ – އަލީ އަފާފު | އަވަސް

ބ. ކެންދޫގައި ހުރި މަގާމްފުޅަކީ ރާއްޖެ އިސްލާމް ކުރެއްވި ތަބްރޭޒްގެފާންގެ ހަނދާނުގައި ބިނާ ކޮށްފައިވާ މަގާމްފުޅެކެވެ. އެ މަގާމްފުޅަކީ އިހުގައި ސަލަވާތް ފާތިހާ ކިޔަވައި އުޅުނު މަގާމް ފުޅަކީ ފަހަކާ ޖެހެންދެން ބަލަހައްޓާ އުޅުނު ބިނާއެކެވެ. ނަމަވެސް މިހާރު އެ ތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.