ދަރަވަންދޫ އެމަޖެންސީ މެޑިކަލް ސެންޓަރު ހަދަން ބަޔަކާ ހަވާލުކޮށްފި

އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ބ. ދަރަވަންދޫ ހެލްތު ސެންޓަރުގައި ގާއިމުކުރާ މެޑިކަލް ސެންޓަރުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން ދަރަވަންދޫގައި އިމަޖަންސީ މެޑިކަލް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ އެވެ. އަށް މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއުގެ މަސައްކަތް ފަށާތާ 200 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި ޕްރޮޖެކްޓަށް އިންޑިޔާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 7,469,465.89 ރުފިޔާ އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 980,830.05 ރުފިޔާ ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން އެވެ. އަދި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްލަޠީފް އެވެ.

ހެލްތް މިނިސްޓްރީން ބުނީ ބ. އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓް ހިމެނޭ އަތޮޅަކަށް ވުމާއި، ދަރަވަންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އޮތުމުން އިމަޖެންސީގައި ފަރުވާ ދޭން ޖެހޭ ފަރާތް ތަކަށް މިހާރު ދިމާވާ ދަތި މިޢިމާރާތް ހެދުމުން ޙައްލުވެ ޚިދުމަތް ދިނުމުގައި ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.

އަދި މި ޕްރޮޖެކްޓުގެ ދަށުން ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ފުލްފްލެޖް އިމަޖެންސީ ސެންޓަރަކާއި، ޓްރެއިންން ދެވޭނެ ފެސިލިޓީސް އަކާއި، އޮފީސް ޖާގަ އިތުރުވެގެން ދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.