އޭދަފުށީ މެޑިކަލް ފެސިލިޓީގައި ބަލި މީހަކަށް ފަރުވާދޭން ފަށައިފި

ބ. އަތޮޅު ހޮްސްޕިޓަލްގައި ގާއިމުކުރާ ކޮވިޑް ސެންޓަރު

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރި މެޑިކަލް ފެސިލިޓީ އަށް ފުރަތަމަ ފަހަރަށް މީހަކު އެޑްމިޓްކޮށް، އެ ތަނުގައި މިއަދު ފަރުވާ ދޭން ފަށައިފި އެވެ.

އޭދަފުށީގައި ގާއިމުކުރި މެޑިކަލް ފެސިލިޓީ އަށް ގެންދަން ހަމަޖައްސާފައި ވަނީ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނެވެ.

މެނޭޖަރު ވިދާޅުވީ ބ.ފިނޮޅު ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީއަކު ބަލިވެގެން އަތޮޅު ހޮސްޕިޓަލަށް ގެނައިއިރު އެއީ ކޮވިޑް ޖެހިފައިވާ މީހެއްކަމަށް ނޭނގޭ ކަމަށެވެ. އެކަމަކު އެރިސޯޓުގައި ކޮވިޑް އުޅޭތީ ހޮސްޕިޓަލުން އަމަލު ކޮށްފައިވާނީ އެއީ ކޮންޓެކްޓް ކޭސް އެއް ކަމަށް ވެދާނެކަމަށް ބަލައިގެންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިރަށު މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަނީ މިއަތޮޅު ފިނޮޅު ރިސޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭސް މީހަކަށް ކަމަށެވެ. ނަމަވެސް އެ މީހާ ބަލިވެގެން ހޮސްޕިޓަލަށް ގެނައިއިރު އެއީ ކޮވިޑް ޖެހިފައިވާ މީހެއްކަން ޔަގީން ނުވާތީ، އަދި އެ ރިސޯޓުގައި ކޮވިޑް އުޅޭތީ އެ މީހާ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރީ ކޮންޓެކްޓް ކޭސް އަކަށް ބަލައިގެން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މަރާމާތަށް ބަންދު ކޮށްފައި އޮތް ފިނޮޅު ރިސޯޓުގައި މަސައްކަތް ކުރާ ހަތަރު ބިދޭސީއަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެ ހަތަު މީހުން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އޭގެ ެތެރެއިން އެކަކު ބަލިވެގެން މާލެ ގޮސް އޭނާ ކޮވިޑަށް ޓެސްޓު ކުރިއިރު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރި މެޑިކަލް ފެސިލިޓީގައި ކޮވިޑް-19އަށް ފަރުވާދިނުމަށް 20 އައިސީޔޫއާއެކު 37 އެނދު ވަނީ ގާއިމްކޮށްފަ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 3،719 އެވެ. އޭގެ ތެރެއިން 2،568 މީހަކު އެ ބަލިން ރަނގަޅުވެފައިވާ އިރު 16 މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ފަހުން ކޮވިޑްގައި މީހަކު މަރުވީ އިއްޔެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.