ބ. ފަރެހުގައި ހަދާ ރިސޯޓު އަންނަ އަހަރު ހުޅުވަނީ

ފަތުރުވެރިކަމުގެ ސިނާއަތުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ މައިނާ ހޮޓެލް ގްރޫޕުން ބ. އަތޮޅު ފަރެހުގައި ތަރައްގީކުރާ ރިސޯޓު އަންނަ އަހަރު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަމުގައި ތަރައްގީ ކުރާ މި ރިސޯޓްގައި އެކި ފަންތީގެ 200 ކޮޓަރި  ހުރެއެވެ.

ހަތްދިހަ މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފަރެހުގައި، މި ރިސޯޓެއް ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2011 ވަނަ  އަހަރުއެވެ. އޭރު ޕްލޭން ކޮށްފައިވަނީ 2019 ވަނަ ރިސޯޓު ހުޅުވުމަށެވެ.

މައިނާ ކުންފުނިން ބުނީ ކޮވިޑްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ގޮންޖެހުންތައް ކުރިމަތިވެފައި ވީ ނަމަވެސް ފަރެހުގައި ހަދާ ރިސޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސް އަންނަ އަހަރު ރިސޯޓު ހުޅުވުމުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި މި ރިސޯޓުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި އެ ކުންފުނީގެ އިތުރު ހަތް ޕްރޮޕަޓީއެއް ހުޅުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފަރެހުގައި ހަދާ ރިސޯޓަކީ އެކުންފުނިން ރާއްޖޭގައި ހަދާ ފުރަތަމަ ރިސޯޓެވެ.

ގާތްގަނޑަކަށް 12.4 ހެކްޓަރުގެ މި ރިސޯޓަށް ދަރަވަންދޫން ފުރައިގެން ސްޕީޑް ލޯންޗެއްގައި ތިރީހަކަށް މިނިޓްގެ ތެރޭގައި ދެވޭނެ އެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.