ދަރަވަންދޫ ފުޓްސަލް ދަނޑު ހުޅުވައިފި

ބ. ދަރަވަންދޫގައި ސަރުކާރުން އެޅި ފުޓްސަލް ދަނޑު ރަސްމީކޮށް ރޭ ހުޅުވައިފި އެވެ.

1.4 މިލިޔަނަށްވުރެން ގިނަ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި ދަނޑު ރަސްމީކޮށް ހުޅުވުމަށް ރޭ ވާޗުއަލްކޮށް ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ އެ ދަނޑާއެކު ދަރަވަންދޫގައި ދެ ޖިންސުގެ މީހުންގެ ބައިވެރިވުން ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމާއެކު ދަރަވަންދޫ ފުޓްސަލް ޓީމު ބަލިކުރަން ވަޑައިގަންނަވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދަރަވަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިންނެވެ. އެ ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްވެސް ހަރުކޮށްފައެވެ. މިއީ ބ. އަތޮޅުގައި ހެދި އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް ދަނޑެވެ.

މި ދަނޑު ހުޅުވުމުގެ ގޮތުން އަންހެނުންގެ ފުޓްސަލް މެޗަކާއި ފިރިހެނުންގެ ފުޓްސަލް މެޗެއް ވަނީ ބާއްވާފައެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަންނަނީ ގިނަ ފުޓްސަލް ދަނޑުތަކެއް އަޅަމުންނެވެ. އެގޮތުން މިމަހު ވަނީ ކުޑަރިކިލުގައި އަޅައިދީފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި އެދަނޑުގެ ބޭނުން ވެސް ކުރަން ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.