ގަދަ ވަޔާއެކު ބ. އަތޮޅުގެ ރަށްރަށަށް ވެސް ގެއްލުންވެއްޖެ

ރޭ ޖެހުނު ވައިގައި ހިތާދޫ ގެއެއްގެ ފުރާޅު އެއްލާލާފައި– ފޮޓޯ/ހިތާދޫ އޮންލައިން

ރޭ އާދަޔާ ޚިލާފަށް އައި ގަދަ ވަޔާއެކު ބ. އަތޮޅުގެ ބައެއް ރަށްރަށް ވެސް ގެއްލުންތަކެއް ވެއްޖެ އެވެ.

ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ވައި ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ އިދާރާއިން ރޭ ވަނީ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ރޭ ދަންވަރު އައި ގަދަ ވަޔާއެކު ރަށުގެ ބައެއް އިމާރާތްތަކަށާއި، ރުއްގަހަށް ވެސް ގެއްލުން ވެފައިވާކަމަށެވެ.

ރޭ ޖެހުނު ވައިގައި ހިތާދޫ ގެއެއްގެ ފުރާޅު އެއްލާލާފައި– ފޮޓޯ/ހިތާދޫ އޮންލައިން

“ދެ ގެއެއްގެ ދުންހޮޅީގެ ފުރާޅުގެ ޓިނުތައް ވަޔާގޮސް. އެއްގޭގެ ފުރާޅު ސިމެންތި ޓިނުތައް ވަނީ ފޫގޮސްފައި. އަދި ރުކެއްވެއްޓި ގެއެއްގެ ފުރާޅުގައި ޖެހި ގެއްލުންވެފައިވޭ. މީގެ އިތުރުން މަގުމަތީ ހޮޅި ދަނޑިއެއްވެއްޓި ގެއެއްގެ ދިޔަދޮވީގައިޖެހި ގެއްލުންވެފައިވޭ،”

އޭދަފުށީގެ އިތުރުން އިތުރުން، މިއަތޮޅު ހިތާދޫ ފިހާރައެއްގެ ގުނދަނުގެ ފުރާޅު އެއްލާލައި، ރަށުގެ ބައެއް ރުއްގަސް  ވަނީ ވެއްޓިފަ އެވެ. އަދި ދަރަވަންދޫގެ ގެއްގެ ފުޅާރުވެސް އެއްލާލާފައިވެ އެވެ.

ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ވައިގަދަވުމާއި ގުޅިގެން ވަރަށް ގިނަ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެގޮތުން ބ. އަތޮޅުގެ ބައެއް ރަށްތަކަށާއި ރ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން ނ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންވެފަ އެވެ. އަދި ގިނަ އަދަދަކަށް ރުށްގަސްތައްވެސް ވަނީ ވެއްޓިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.