ކޮވިޑް-19: އޭދަފުށީ މެޑިކަލް ފެސިލިޓީގައި ފަރުވާދިން 81 އަހަރުގެ މީހަކު ރަނގަޅުވެއްޖެ

ކޮވިޑަށް ޕޮޒިޓިވްވި މީހަކަށް ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާދެނީ.—ފޮޓޯ: އެޗުއީއޯސީ

ކޮވިޑް-19 ޖެހިގެން ބ. އަތޮޅު ހޮސްޕިޓަލުގެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން 81 އަހަރުގެ މީހަކަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ދޫކޮށްލައިފި އެވެ.

އޭދަފުށީގައި ގާއިމުކުރި ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެނީ ނ، ރ ބ އަދި ޅ އަތޮޅު ހިމެނޭ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނަށެވެ. އަދި ކޮވިޑް-19 ޖެހޭ އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދެމުންދަނީ ކޮވިޑް ފެސިލިޓީތަކުގައެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި 15 ދުވަސް ވަންދެން ފަރުވާ ދިނުމަށް ފަހު އެ ފިރިހެން މީހާ ފަރުވާއަށްފަހު ބަލިން މުޅިން ރަނގަޅުވެގެން ދޫކޮށްލީ އިއްޔެ އެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އުމުރުން ދުވަސްވީ މީހުންނަށެވެ. ކޮރޯނާވައިރަސް އަރައިގެން އެ މީހާ އެޑްމިޓް ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

އޭދަފުށީ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން މިހާރުވެސް ބައެއް މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން ބައެއް މީހުން ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.