ކަމަދޫ ޑައިވް އިން ޕަޑީ ޑައިވް ކޯސްތަކެއް ހިންގައިފި

ބ. ކަމަދޫ ޑައިވް އެންޑް ވޯޓަ ސްޕޯޓްސް އިން ޅ. އަތޮޅު ޑައިވް ޓުއާގެ ނަމުގައި ހިންގި ޕަޑީ އޯޕަން ވޯޓަ ޑައިވް ކޯސް ކާމިޔަބު ކަމާއެކު ނިންމާލާލައިފި އެވެ.

މިދިޔަ އޯގަސްޓު މަހު ކުރިއަށްދިޔަ މި ކޯހުގައި ޅ. ފެލިވަރު އަދި ނައިފަރުން ބައިވެރި ވި ފަރާތްތަކަށް ވަނީ ޕަޑީ އޯޕަން ވޯޓަރ ކޯހުގެ ސެޓިފިކެޓު ދީފައެވެ.

ކަމަދޫ ޑައިވް އެންޑު ވޯޓަރ ސްޕޯޓުސް އިން ބުނީ މިހާރު މިކޯސް ބ. ކަމަދޫގައި ފެށިގެން ދާކަމަށާއި މިކޯހުން ފާސްވާ ފަރާތްތަކަށް ލިބިގެން ދާނީ ޕަޑީ އިންޓަރނޭޝާނަލް ސެޓްފިކެޓެއް ކަމަށެވެ.

ކަމަދޫ ޑައިވްގެ އޮފިޝަލް ޢަލީ ޝަފީގު ވިދާޅުވީ ކަމަދޫގައި ހިންގާ މިކޯހުގައި ބައިވެރިވެފައިވަނީ ކަމަދޫގެ ޒުވާނުންކަން ކަމަށާއި ބ. އަތޮޅުގަ އާއި ބާރު ސަޕީޑްގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ މިދަނޑިވަޅުގައި ކަމަދޫ ޑައިވްއިން ޑައިވަރުން ތަމްރީނު ކޮށްދެވޭތި އުފާކުރައްވާކަމަށެވެ.

ޝަފީގު ވިދާޅުވީ ކަމަދޫ ޑައިވްއިން ހިންގާ ކޯސްތައް ކުރިއަށް ގެންދާނީ ޕްރޮފެޝަނަލް ސްޓޭންޑާޑުގައި ކަމަށާއި ޕަޑީ އޯޕަން ވޯޓަރ ޕަޑީ އީއެފްއަރު ޕަޑީ ރެސްކިއު ކޯސް ޕަޑީ މާސްޓަރ އާއި ހިސާބަށް ޕަޑީ ކޯސްތައް ހިންގައި ސެޓިފިކެޓު ދެވޭނެ ކަމަށެވެ.

“ކުރިއަށް ދެން އޮތީ އިންސްޓްރަކްޓަރ ޓްރޭނިންގ އަށް ކަމަދޫޑައިވް އެން ވޯޓަރ ސްޕޯޓްސް ތައްޔާރު ވުން ޕަޑީ އައިޑީސި އެއް ކަމަދޫގައި ހިންގުމަކީ ކަމަދޫ ޑައިވްގެ ފޮނި އުންމީދެއް” ޝަފީގު ވީދާޅުވިއެވެ.

ބ. ކަމަދޫގައި ލޯކަލް ގެސްޓް ހައުސް ދުވަހަކަށްވުރެ ދުވަހެއް ދަނީ ގިނަވަމުންނެވެ. މިވަގުތު އެރަށުގައި 10 ވުރެ ގިނަ ގެސްޓު ހައުސް ރަނގަޅު ފެންވަރުގައި ހަދާފައި އެބަހުއްޓެވެ. ކަމަދޫ ޑައިވް އަކީ ކަމަދޫއަށް ކަންތައްތަކެއް ކޮށްދިނުމުގައި އަބަދުވެސް މަސައްކަތް ކުރާ ތަނެކެވެ. އެގޮތުން ފަރު ސާފުކުރުމާއި މުރަކަ އާލާކޮށް ދިރުވުމުގެ ޕްރޮގުރާމްތައް ކަމަދޫ ޑައިވުން ވަނީ ހިންގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.