މޫސުން ގޯސްވެ، ހއ އިން ދ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ވައިބާރު ވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މިގޮތުން މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށެވެ.

މިއަދު ހެނދުނު 10:30 އިން ހަވީރުގެ 16:30 އަށް ނެރެފައިވާ ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވައިގަދަވާނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި އިތުރަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށެވެ.

އަދި ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސ ްވަނީ ލަފާކޮށްފަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ އަދި ކަނޑުތަށް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެ ކަމަށާއި، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.