ކޮވިޑް-19: ދެ ރިސޯޓެއް ގުޅިގެން ދަރަވަންދޫގައި ޕީސީއާރު މެޝިނެއް ބަހައްޓައިދެނީ

ބ. އަތޮޅުގައި ހިންގާ ދެ ރިސޯޓަކުން ދަރަވަންދޫގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޕީސީއާރު މެޝިނެއް ހަދިޔާކުރަން ނިންމައިފި އެވެ.

މިލައިދޫ ރިސޯޓާ، ނޯޓިލަސް މޯލްޑިވްސް ގުޅިގެން ހަދިޔާކުރާ މި މެޝިން މިހާރު ހުރީ ނޯޓިލަސް މޯލްޑިވްސްގައެވެ. މި މެޝިން ބެހެއްޓެމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ދަރަވަންދޫގައި މެޝިން ބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް މި ހަފްތާތެރޭގައި ފެށޭވަރުވާނެ އެވެ.

އެގޮތުން އެރަށު ހެލްތް ސެންޓަރުގައި އެކަމަށް ޚާއްސަކޮށް ލެބޯޓަރީއެއް ހަދައި ވަނީ ނިންމާފައެވެ. އަދި އެތަނަށް ބޭނުންވާ އެހެނިހެން ސާމާނުވެސް މިހާރު ވަނީ ހަމަކޮށްފައެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ދެ ރިސޯޓެއް ގުޅިގެން ދަރަވަންދޫގައި ކޯވިޑް 19 އަށް ޓެސްޓް ކުރާ މެޝިނެއް ބަހައްޓަން ނިންމީ، އެ ރަށަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވުމުން، ފަތުރުވެރިންގެ ސާމްޕަލް ޓެސްޓްތައް ހެދުމަށް ފަސޭހަވާނެތީ އެވެ.

މި މެޝިނުން ދުވާލަކު 90 ސާމްޕަލް ޓެސްޓްކުރެވޭނެ އެވެ. ޓެސްޓް ހެދުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއްގެ އިތުރުން މުވައްޒަފުންވެސް މިހާރުވަނީ ތަމްރީނުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.