ކެނދިކުޅުދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ބަހައްޓައިފި

ނ. ކެނދިކުޅުދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއެއް ބަހައްޓައި، ހިދުމަތް ދޭން ފަށައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި އޭޓީއެމް ބޭނުންކޮށްގެން ފައިސާ ނެގުމާއި ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް އެ ރަށުގައި 24 ގަޑިއިރު ދެމުން ގެންދާނެ އެވެ.

އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އޭޓީއެމްގެ ހިދުމަތް ކެނދިކުޅުދޫގައި ފެށީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިންގެ ހިދުމަތްތައް ފުޅާކުރުމަށާއި ބޭންކްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުންނެވެ.

ކެނދިކުޅުދޫ ކައުންސިލުން ބުނިގޮތުގައި އެ ރަށުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާ އޭޓީއެމްގެ  ސަބަބުން އެރަށުގެ ރައްޔިތުންނަށާއި، އެ ރަށުގެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ދާނެއެވެ.

ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރިއަތް އޮތް ދުވަސްތަކުގައި އިތުރު ސެލްފް ސާވިސް އޭޓީއެމްތަކާއި ބޭންކިން ހިދުމަތްތައް ތައާރަފްކުރަން ވެސް އެ ބޭންކުން ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.