ތުޅާދޫން ހައުސިން ޔުނިޓް ލިބޭ 50 މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ހައުސިން ޔުނިޓް ލިބޭ 50 މީހުންގެ ދާއިމީ ލިސްޓް ތުޅާދޫ ކައުންސިލުން އާންމުކޮށްފި އެވެ.

ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ތުޅާދޫގައި ސަތޭކަ ހައުސިން ޔުނިޓް އިމާރާތްކުރުމަށްވަނީ ހަމަޖެހިފައެވެ.

ތުޅާދޫ ކައުންސިލުން ބުނީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެ ރަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގް ޔުނިޓުތަކުގެ ތެރެއިން 50 ޔުނިޓް ކަށަވަރުވެފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް، ކައުންސިލްގެ ގޯތި ވިލަރެސް ކުރާ ކޮމިޓީގެ 136 ވަނަ ޢާއްމު ބައްދަލުވުމުން 2020 އޮކްޓޯބަރ 23 ވަނަ ދުވަހު ފައިނަލް ކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އެ ލިސްޓް ކައުންސިލުން ފާސް ކުރުމަށް ބޭއްވުނު ބައްދަލުވުމުގައި ހައުސިންގ ޔުނިޓްތައް ލިބޭ މީހުން ހޮވާފައި ވަނީ ހައުސިންގ މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ޝަރުތުތަކާއި އެއް ގޮތަށް، މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ހަމަ އެ ބައްދަލުވުމުގައި އެ ލިސްޓަކީ ސައްހަ ލިިސްޓެއް ކަމަށް ވަނީ ފާސްކޮށްފައެވެ.

ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ، 50 ހައުސިން ޔުނިޓަށް ޖުމްލަ 314 ފަރާތަކުން ވަނީ ފޯމް ހުށައަޅާފައިވެއެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.