ކޮވިޑް ކޭހެއް ފެނުމުން، އުނގޫފާރަށް އަރައިފޭބުން މަނާކޮށްފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް: ވަކި ގޮތެއް އަންގަން ދެން އެރަށުން އަރާ ފޭބުން އެޗްޕީއޭ އިން މިރޭ މަނާކުރި — ފޮޓޯ: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ރ. އުނގޫފާރުން ރެންޑަމްކޮށް ނެގި ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ބަލި ފެތުރަ ނުދިނުމަށްޓަކައި އެ ރަށަށް އަރައިފޭބުން އެޗްޕީއޭ އިން މިރޭ މަނާކޮށްފި އެވެ.

އެ އިދާރާ އިން ބުނީ، ވަކި ގޮތެއް ނިންމަންދެން، އުނގޫފާރަށް އަރައިފޭބުން މިހާރު މަނާ ކަމަށެވެ.

ރެންޑަމްކޮށް އެ ރަށުން ސާމްޕަލް ނަގާފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރ.ކުޑަކުރަތުން ބިދޭސީންތަކެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި އުނގޫފާރުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ސައިހޮޓަލެއްގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ދިވެހި ފިރިހެނެކެވެ.

އުނގޫފާރަކީ ފަރުވާ ހޯދަން މާލެއަށް ނުދެވިގެން، މި ސަރަހައްދުން ގިނަ ބަޔަކު ބޭސްފަރުވާއަށްދާ މިހާރު އެ ރަށަށް ދެ އެވެ. އެ އެންމެން ވެސް ދަނީ، ވަކި ދުވަހަކަށް ލޯންޗެއް ޝެޑިއުލްކޮށްގެން، ގިނަ ބަޔަކު އެކުގަ އެވެ.

އެ ރަށުން ކޮވިޑް ކޭހެއް ކުރިން ވެސް ފެނިގެން އަރައިފޭބުން މަނާކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.