ހިތާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ފަށައިފި

ހިތާދޫގައި ފެނާއި ނަރުދަމާ އެޅުުގެ މަސައްތަކުގެ ތެރެއިން– ފޮޓޯ/ޕީއެސްއެމް

ބ. ހިތާދޫގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުން އިންޑިއާގެ ކުންފުއްޏެއް ކަމަށްވާ މޯހަންމުތާ އެކްސްޕޯޓް އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި މޯހަން މުތާ ކުންފުންޏާ އެކު ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

އެ މަޝްރޫއުގެ ދަށުން، ހިތާދޫގައި ފެނާއި ނަރުދަމާގެ ވިޔުގާ އެޅުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން، ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީސް ގާއިމުކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއުގެ ޖުމްލަ އަގު 35.3 މިލިއަން ރުފިޔާއަށް އަރަ އެވެ.

ދައުލަތުގެ ބަޖެޓުން 35.5 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށްގެންދާ މި މަޝްރޫގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭވަރުވާނެ ކަމަށް ކޮންޓްރެކްޓަރާ ހަވާލާދީ ހިތާދޫ ކައުންސިލުން ބުނެ އެވެ.

މިހާރު ކުރިއަށް މިދާ ރިޔާސީ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.