
ބ. ތުޅާދޫގައި އެއާޕޯޓް އެޅުމުގެ ޕްލޭނެއް ކުރެވިފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ސަރުކާރުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް އަހަރު ށ. ބިލެތްފަހި އަދި މ. މުލީގައި އެއާޕޯޓް އެޅިގެންދާނެ ކަމަށެވެ. އަދި ބ. ތުޅާދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ ޕްލޭން ކުރެވިފައިވާ ކަމަށް ނަހްލާ ވިދާޅުވި އެވެ.
ނަމަވެސް ތުޅާދޫ އެއާޕޯޓުގެ މަސައްކަތް ފަށާނެ ތާރީޚެއް ވިދާޅެއް ނުވެ އެވެ.
“ކުރިއަށް އޮތް އަހަރު ބިލެތްފަހި އަދި މުލި އެއާޕޯޓް އެޅިގެންދާނެ. އަދި ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރެވިފައި ވަނީ. އެހެންވީމަ މި ދެންނެވި އެއާޕޯޓްތައް އެޅުނީމަ އިތުރަށް ފުރިހަމަ ވާނެ،” ނަހްލާ ވިދާޅުވި އެވެ.
ތުޅާދޫ ފަޅު ހިއްކައިގެން އެރަށުގައި އެއާޕޯޓެއް ތަރައްޤީކޮށްދެވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި މެދުނުކެނޑި އެރަށު ކައުންސިލުން އައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިސަރުކާރު ވެރިކަމާ ހަވާލުވިތާ ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހަށް ތުޅާދޫ ކައުންސިލުގެ ވަފުދެއް ފޮނުވައި އެކަމާ ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ޒަމާނުއްސުރެ ތުޅާދޫ ރައްޔިތުން އެއާޕޯޓެއްގެ ހުވަފެން ދެކެމުން އަންނަކަށް ވެސް އެރަށު ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ.
ތުޅާދޫގައި އެއާޕޯޓް އެޅުމުގެ ޕްލޭނެއް ކުރެވިފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވިއިރު، މިއަތޮޅު ދަރަވަންދޫގައި ވެސް ދަނީ އެއާޕޯޓެއް ހިންގަމުންނެވެ.
ކޮންމެރަށަކުއެއަރޕޯޓެއް ބޭކާރުކަމެއް
ދަރަވަންދޫ އެއަރޕޯޓްގެ ތަރައްޤީއަށް އިތުރު ޕްލޭނެއް ސަރުކާރުގައި ނެތް އިރު، ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓް ނޭޅިގެން މި އުޅެނީ ♂️♂️
އެކަމަކު ދަރަވަންދޫ މީ ރާއްޖޭގެ އެންމެ ބިޒީއެއް ޑޮމެސްޓިކް އެއަރޕޯޓް