
ބ. އަތޮޅުގެ ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މާލެ ވޯޓަ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން ބ. އަތޮޅުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރަނީ ކެންދޫ ، މާޅޮސް އަދި ކަމަދޫގަ އެވެ. އަދި ދަރަވަންދޫގައި ގާއިމުކުރަނީ ފެނުގެ ނިޒާމެވެ. ބ. އަތޮޅުގެ މި ހަތަރު ރަށާއެކު 24 ރަށެއްގެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި 24 ރަށެއްގެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
މި މަޝްރޫއުގެ ދަށުން ކެންދޫގައި ފެނާ ނަރުދަމާ އަދި ދަރަވަންދޫ ނަރުދަމާ ނިޒާމު ގާއިމުކުރަނީ އޮފިޑް ފަންޑުގެ އެޙީގެ ދަށުންށެވެ.
ބަޖެޓުން ހަރަދު ކުރާ ގޮތަށް ކަމަދޫ ފެނާއި ނަރުދަމާގެ މަސައްކަތަށް 56.66 މިލިއަން ރުފިޔާ އަދި މާޅޮހުގެ ފެނާ ނަރުދަމާގެ މަސައްކަތަށް 60.45 މިލިއަން ރުފިޔާ އަރައެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވި ގޮތުގައި އޮފިޑް ފަންޑުގެ ދަށުން ކުރިއަށްގެންދާ ހަތަރު މަޝްރޫއު ފަށަން ދުވަސް ނަގާނެ އެވެ. ނަމަވެސް ބާކީ 20 ރަށުގެ މަޝްރޫއުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއުގައި އެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި އާރުއޯ ޕްލާންޓް ބަހައްޓާނެ އެވެ. އަދި ފެން ރައްކާކުރާ ތާނގީ ބަހައްޓައި އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ޕަންޕިންލައިން އެޅުމާއި، ފެން މީޓަރާއި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީ ގޭގެއަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮދޭނެ އެވެ.
B kendhoo narudama otgee rayees yaameen ifthithaahukodhehvvaafa bajetu hama jahssafa misarukaarah 2 aharuvee iruves adhi thiulhenee nyfeshigen.den amihla ah credit nagaa.