ކަމަދޫ ގެސްޓް ހައުސް ހުޅުވާލައި، ޓޫރިސްޓުންނަށް މަރުހަބާ ކިޔައިފި

ކޮވިޑް-19ގެ ސަބަބުން ބ. ކަމަދޫގެ ވެސް ގެސްޓު ހައުސްތައް ބަންދުކުރިތާ ގިނަ ދުވަސްތަކަކަށް ފަހު އިއްޔެ އެ ރަށް ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ. ކަމަދޫން އިއްޔެ ވަނީ އެ ރަށަށް ފުރަތަމަ އައި 23 ޓޫރިސްޓުންނަށް މަރުހަބާ ކިޔައިފަ އެވެ.

ބ. އަތޮޅުގައި ލޯކަލް ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ އަދި ގިނަ ގެސްޓްހައުސްތަކެއް ހުންނަ އެ ރަށުގައި ހަ ތަނަކަށް ހުއްދަ ދީފައިވި ނަމަވެސް ޓޫރިސްޓުން އަދި ތިން ގެސްޓްހައުސް އަކަށެވެ.

ގިނަ ދުވަސްތަކަށް ފަހު ރަށަށް ޒިޔާރަތް ކުރި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް އެ ރަށުގައި އިއްޔެ ވަނީ ސަގާފީ ހަރަކާތްތަކެއް ވަނީ ބާއްވާފަ އެވެ. އެގޮތުން ބޮޑު ބެރާއި ދަނޑީގެ އިތުރުންވެސް މާފަތިނެށުމާއި ސަގާފީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. .

ޓޫރިސްޓުން އައުމާ އެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑާ އެއްގޮތަށް އެ ރަށުގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފަ އެވެ. އެގޮތުން މިހާރު އާއްމުންނަށް ބޭރަށް ނިކުމެވޭނީ މާސްކް އަޅައިގެންނެވެ.

ކަމަދޫގެ އިތުރުން މިއަތޮޅު ދަރަވަންދޫއަށް ވެސް ވަނީ ގެސްޓުން އައިސްފައެވެ. ނަމަވެސް އެރަށު ރައްޔިތުންގެ ނިންމުމާ ޚިލާފަށް ކައުންސިލުން ގެސްޓުން ގެންނަން ހުއްދަ ދިނުމުން ރައްޔިތުން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.