
ބ. ތުޅާދޫ ސުކޫލަށް 40 އަަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ އެ ރަށު މަންޒިލް، އިބްރާހިމް ހުސައިންފުޅު އަވަހާރަވެއްޖެ އެވެ.

އިބްރާހިމް ހުސައިންފުޅު އަވަހާރަވީ މީގެ ކުޑައިރުކޮޅެއްގެ ކުރިންނެވެ. އަވަހާރަވީ ބޮޑު ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އިބްރާހިމް ހުސައިންފުޅު ވަނީ ބ. ތުޅާދޫ ސުކޫލަށް 40 އަހަރަށް ވުރެ ވަންދެން ހިދުމަތް ކުރައްވާފައެވެ. އޭނާ ވަނީ ތުޅާދޫ ސުކޫލްވެސް ހިންގަވާފައެވެ. އިބްރާހިމް ހުސައިންފުޅު ވަނީ ހިސާބާއި ގުރުއާން އަދި އިސްލާމް މާއްދާ އާއި ދިވެހި ބަސްވެސް ކިޔަވައި ދެއްވާފައެވެ. އަދި ތުޅާދޫގެ ވެރިކަން ވެސް ކުރެއްވިއެވެ.
ތުޅާދޫގައި ވަރަށް ދިގު މުއްދަތަކަށް ގުރުއާން ކިލާހެއް
އިބްރާހިމް ހުސައިންފުޅު ވަނީ ހިންގަވާފައެވެ. އިބްރާހިމް ހުސައިންފުޅުގެ ގޭގައި
ހިންގެވި އެ ކިލާހުން އެ ރަށުގެ ވަރަށް ގިނަ ކުދިންނަށް ގުރުއާން
ކިޔަވައިދެއްވާފައިވެއެވެ.
އިބްރާހިމް ހުސައިންފުޅުގެ ބޭފުޅުންގެ ތެރޭގައި
ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން
އިބްރާހިމާއި މަޝްހޫރު ލިޔުންތެެރިޔާ އަދި ޅެންވެރިޔާ އަންވަރު އިބްރާހިމާއި
ފުޓްބޯޅަ ކުޅުންތެރިޔާ އަންސާރު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.