ދަރަވަންދޫއަށް ޓޫރިސްޓުން ގެނައުން ހުއްޓާލުމަށް އަންގައިފި

ބ. ދަރަވަންދޫ ކައުންސިލުން ވަކި ގޮތެއް އަންގަންދެން އެރަށަށް ފަތުރުވެރިން ގެނައުން ހުއްޓާލުމަށް ގެސްޓްހައުސްތަކަށް އެރަށު ކައުންސިލުން އަންގައިފިއެވެ.

ދަރަވަންދޫ ކައުންސިލުން މިއަދުކުރި އިއުލާނެއްގައ ބުނީ އެ ކައުންސިލްގެ ތިން ވަނަ ދައުރުގެ 174 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ، ގެސްޓްހައުސްތައް ހުޅުވުމާއި ގުޅޭ ގަރާރުގެ ދަށުން ގެސްޓަހައުސްތައް ހުޅުވުމަށް ދެވިފައިވާ ހުއްދައިގެ ދަށުން ފަތުރުވެރިން އެރަށަށް ގެނައުން ކައުންސިލުން ވަކިގޮތެއް އަންގަންދެން ހުއްޓާލުމަށެވެ.

ދަރަވަންދޫ އަށް ފަތުރުވެރިން ގެނައުން ހުއްޓާލުމަށް އަންގާފައި މިވަނީ، ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެރަށު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމުން އެކަމށް ދެކޮލަށް ރައްޔިތުން މުޒާހަރާ ކޮށްފައި ވަނިކޮށެވެ.

ރައްޔިތުން ނިކުމެ މުޒާހަރާ ކުރީ ގެސްޓު ހައުސްތައް ހުޅުވުމުގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތަކާއި ފިއްތުން ތަކުގެ ސަބަބުން ކަމަށްވެއެވެ. އަދި މިކަމަށް ވިސްނާ ނުލައި ގެސްޓު ހައުސްތައް ހުޅުވަން ހުއްދަ ދިނުމަކީ ކައުންސިލުން ވި ވަރަށް ބޮޑު އިހުމާލެއް ކަމުގައި އެރަށު ބައެއް ރައްޔިތުން ބުނެއެވެ.

އެގޮތުން ގެސްޓު ހައުސްތައް ހުޅުވުމުގެ ސަބަބުން ރައްޔިތުންނަށް އެހެން ރަށްރަށަށް ދިއުމާއި، އެހެން ރަށްރަށު މީހުންނަށް ދަރަވަންދުއަށް އެރެން ނެތުމަކީ އިއްޔެ އެރަށުގައި މުޒާހަރާކުރި މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.